Roadha Mihaaru
ރާއްޖޭގައި އަލަށް މައިކަށީގެ ބަދައެއް ބަދަލުކޮށްފި

ސްޕައިން ކޮންފަރެންސްގައި މައިކަށީގެ ބަދައެއް ބަދަލުކޮށްފި

15 އެޕްރީލް 2017

ތަޖުރިބާކާރު ގިނަ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާ، ސްޕައިން ނުވަތަ މައިބަދައިގެ ކޮންފަރެންސް ރޭ ފަށައި އެ ކޮންފަރެންސްގައި ކުރަން ހަމަޖެހިފައިވާ މައިބަދައިގެ ބޮޑު ސާޖަރީ މިއަދު ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތަޖުރިބާކާރު ގިނަ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާ، ސްޕައިން ނުވަތަ މައިބަދައިގެ ކޮންފަރެންސް ރޭ ފަށައި އެ ކޮންފަރެންސްގައި ކުރަން ހަމަޖެހިފައިވާ މައިބަދައިގެ ބޮޑު ސާޖަރީ މިއަދު ކޮށްފި އެވެ.

ވަގުތުން ދެއްކި، ރާއްޖޭގައި އަލަށް ކުރި މި ބާވަތުގެ ސާޖަރީގައި އެމެރިކާގެ ޑޮކްޓަރަކާއި އޭޑީކޭގެ ނިއުރޯ ސާޖަން އަލީ ނިޔާފާއި އައިޖީއެމްއެޗުގެ ކަށީގެ ޑޮކްޓަރު ޝާން ބައިވެރިވެ ވަޑައިގަތެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިޔާތުގައި އޭޑީކޭގެ މެނެޖިން ޑިރެކްޓަރު އަހްމަދު އައްފާލް ރޭ ވިދާޅުވީ މި އޮޕަރޭޝަންގައި މައިބަދައިގެ މައްސަލައެއް ހުރި މީހެއްގެ ޑިސްކެއްގެ "ޓޯޓަލް ރިޕްލޭސްމަންޓެއް" ހަދާނެ ކަމަށެވެ. މި އޮޕަރޭޝަން ކުރި އިރު ގައުމީ ޔުނިވަސިޓީގެ ކޮންފަރެންސް ހޯލުގެ އިތުރުން އޭޑީކޭގެ ސްކޫލް އޮފް ހެލްތު ސައިންސްގެ ކްލާސް ރޫމްގައި ވެސް މަންޒަރުތައް ވަގުތުން ދެއްކި އެވެ.

ދައުވަތު ދީގެން އެ ދެ ތަނުގައި އެވަގުތު ތިބޭ ޑޮކްޓަރުންނާއި ނަރުހުން ނުވަތަ ސިއްހީ ދާއިރާގެ އެހެން މީހުންނަށް ސުވާލުކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ސޯޝަލްމީޑިއާ މެދުވެރިކޮށް އާއްމުންނަށް ވެސް މި އޮޕަރޭޝަނުގެ މައުލޫމާތު ގެނެސްދިން އިރު އެތައް ހާސް ބަޔަކު އެ މަންޒަރު ވަގުތުން ބަލާފައިވެ އެވެ.

އަފްއާލް ވިދާޅުވީ ރާއްޖޭގެ އިތުރުން އެމެރިކާ އާއި ސްރީ ލަންކާ އާއި އިންޑިއާ އަދި ނޭފާލް ފަދަ ގައުމުތަކުގެ ޑޮކްޓަރުންނާ އެކު ޖުމްލަ 100 އަށް ވުރެ ގިނަ ޑޮކްޓަރުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މުޅިން އަލަށް ރާއްޖޭގައި މިފަދަ ކޮންފަރެންސެއް ބާއްވަނީ، އަފްއާލް ވިދާޅުވި ގޮތުގައި، ސްޕައިން ސާޖަރީގައި ދުނިޔެ އަށް އަންނަމުންދާ ކުރިއެރުންތައް ރާއްޖެ އަށް ވެސް ގެނައުމަށެވެ.

ލައިވްކޮށް ދެއްކި ބޮޑު އޮޕަރޭޝަނަކީ އަފްއާލަ ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގައި ސިއްހީ ދާއިރާ އިން ކިޔަވައިދިނުން އެހެން ހަރުފަތަކަށް ގެންދާނެ ކަމެކެވެ. މި ކޮންފަރެންސް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ސްޕައިން ކޮންފަރެންސްގައި އޭޑީކޭގެ މެނެޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވާހަކަ ދައްކަަވަނީ. -- ފޮޓޯ: މިހާރު

ސްޕައިން ކޮންފަރެންސްގައި އޭޑީކޭގެ މެނެޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވާހަކަ ދައްކަަވަނީ. -- ފޮޓޯ: މިހާރު

މިއީ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އޭޑީކޭ ހޮސްޕިޓަލާ ދެމެދު އެކުލަވާލި އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. އެމްއެންޔޫގައި ފެށި މި ކޮންފަރެންސްގައި ރޭ އޮތީ، ސްޕައިންއާ ގުޅޭ ސައިންޓިފިކް ކަރުދާސްތައް ހުށަހެޅުމެވެ.