Roadha Mihaaru
ސިއްހީ ދާއިރާގެ ކޯސްތަކުގެ އަމަލީ ބައިތައް އޭޑީކޭގައި

އެމްއެންޔޫގެ ސިއްހީ ދާއިރާގެ އިތުރު ކޯސްތަކެއްގެ އަމަލީ ބައިތައް އޭޑީކޭގައި

06 ޑިސެމްބަރ 2022

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ސިއްހީ ދާއިރާގެ ކޯސްތަކުގެ ދަރިވަރުންގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން އޭޑީކޭ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ސިއްހީ ދާއިރާގެ ކޯސްތަކުގެ ދަރިވަރުންގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން އޭޑީކޭ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފެވެ. އޭޑީކޭ ހޮސްޕިޓަލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.

އެމްއެންޔޫ އިން ހިންގާ ސިއްހީ ދާއިރާގެ ކޯސްތަކުގެ ދަރިވަރުންގެ އަމަލީ ބައިތައް އެ އެއްބަސްވުމުގެ ދަށުން އޭޑީކޭ ހޮސްޕިޓަލުގައި ކުރިއަށް ގެންގޮސްދޭނެ އެވެ.

މިހާރު ވެސް އެމްއެންޔޫގައި ނާސިން އަދި މެޑިސިން ހަދާ ދަރިވަރުން އަންނަނީ އޭޑީކޭގައި ޕްރެކްޓިކަލް ހަދަމުންނެވެ.

އެމްއެންޔޫ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް (ވ) އާއި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއެންޔޫ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް (ވ) އާއި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު

އޭޑީކޭ އާއި އެމްއެެންޔޫ އިން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބޮޑަށް ބަލާނީ މެޑިސިން އާއި ނާސިން ފިޔަވައި ދެން ހިންގާ ސިއްހީ ދާއިރާގެ ކޯސްތަކުގެ ޕްރޮގްރާމްތަކަށް ކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު ވިދާޅުވި އެވެ.

"ފިޒިއޮތެރަޕީ ފަދަ އެލައިޑް ހެލްތު ކެއާ ދާއިރާތައް ބޮޑަށް ޕްރޮމޯޓް ކުރުން މި އެއްބަސްވުމުގެ އަމާޒަކީ،" ޝަރީފް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އެމްޑީ އަފްއާލް ވިދާޅުވިގޮތުގައި، ކުރިމަގުގައި ދިވެހި ފަންނުވެރިން މަސައްކަތަށް ނުކުންނަ އެ ފަދަ ނިންމުންތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ އެވެ.