Roadha Mihaaru
ކިމް މަރާލި ކަމަށް ތުހުމަތު ކުރާ ދެ އަންހެނުން ކޯޓަށް

ކިމް މަރާލި ކަމަށް ތުހުމަތު ކުރާ ދެ އަންހެނުން ކޯޓަށް ހާޒިރުކޮށްފި

13 އެޕްރީލް 2017

ކުއާލަ ލަމްޕޫރު (އެޕްރީލް 13) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން- އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުން މެލޭޝިއާގެ ކޯޓަކަށް މިއަދު ހާޒިރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އެޕްރީލް 13) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން- އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުން މެލޭޝިއާގެ ކޯޓަކަށް މިއަދު ހާޒިރުކޮށްފި އެވެ.

އިންޑޮނީޝިއާގެ ސިއްތި އައިސިޔާހު، 25، އާއި ވިއެޓްނާމުގެ ދޯން ތީ ހުއޮން ،28، ކޯޓަށް ހާޒިރުކުރީ ވަޒަން ނާރާ ޖެކެޓުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު އެވެ. އެސޯލްޓް ރައިފަލުގައި ތިބި 100 ވަރަކަށް ފުލުހުން ވަނީ ކޯޓު ހިމެނޭ ސަރަހައްދު ގާޑުކޮށްފަ އެވެ. އެ ދެ މީހުން ކޯޓަށް ހާޒިރު ކުރީ މެއި 30 ވަނަ ދުވަހު އެ މީހުންގެ ޝަރީއަތް ފެށުމުގެ ކުރިން ޕްރޮސެކިއުޓަރުން އިތުރު މައުލޫމާތު ސާފު ކުރުމަށެވެ.

މެލޭޝިއާ ފުލުހުން ތުހުމަތު ކުރަނީ ފެބްރުއަރީ 13 ވަނަ ދުވަހު ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ކިމްގެ މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެން އޭނާ މަރާލީ އެ ދެ އަންހެނުން ކަމަށެވެ.

ދެ އަންހުންގެ މައްޗަށް ކުރަނީ މީހަކު މެރިކަމުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ.

ކިމްގެ މަރުގެ ތުހުމަތަށް މެލޭޝިއާ އިން ދަނީ ނޯތު ކޮރެއާގެ ހަތަރު މީހަކު ހޯދަމުންނެވެ.