27 ފެބުރުއަރީ 2017
ކުއާލަ ލަމްޕޫރު (ފެބްރުއަރީ 27) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރުވީ އޭނާ އަށް ވިހަ ދިންތާ 15-20 މިނިޓް ތެރޭ ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓަރު ސުބްރަމާނިއަމް ސަތަސިވަމް ވިދާޅުވެއްޖެ އެވެ.
ކުއާލަ ލަމްޕޫރު (ފެބްރުއަރީ 27) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރުވީ އޭނާ އަށް ވިހަ ދިންތާ 15-20 މިނިޓް ތެރޭ ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓަރު ސުބްރަމާނިއަމް ސަތަސިވަމް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކިމް އަށް ދީފައި ވަނީ ވީއެކްސް ނާވް އެޖެންޓުގެ ވަރަށް ވިހަ ގަދަ ބާވަތެއް ކަމަށާއި އެއްވެސް އެންޓިޑޯޓެއް މަސައްކަތް ނުކުރި ކަމަށެވެ.
ކިމް މަރާލާފައި ވަނީ މި މަހު 13 ވަނަ ދުވަހު، ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ގޮސް ހުއްޓާ ފަހަތުން އަންހެނަކު ގޮސް މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެންނެވެ. ސީސީޓީވީން ފެންނަ ގޮތުގައި އެއާޕޯޓުގެ ސްޓާފުންނަށް ކިމް ޝަކުވާ ހުށަހެޅުމަށް ފަހު ކްލިނިކަށް ފަރުވާ ދިނުމަށް އޭނާ ގެންދެ އެވެ. އަދި އޭނާ މަރުވީ އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އެވެ.
ކިމް މަރާލަން ބޭނުންކޮށްފައިވާ ވީއެކްސް ނާވް އެޖެންޓަކީ ގިނަ ބަޔަކު މަރާލަން ބޭނުން ކުރެވިދާނެ ކެމިކަލް ހަތިޔާރެއްގެ ގޮތުގައި އދ. އިން ވަނީ ނިންމައިފަ އެވެ. ނާވް ގޭހުގެ ކިތަންމެ ކުޑަ މިންވަރެއް ހަމަގައި ޖެހުނު ނަމަވެސް މަދު މިނިޓްތަކެއްގެ ތެރޭގައި އެ މީހަކު މަރުވާނެ އެވެ. ވީއެކްސް ވަނީ 1993 ވަނަ އަހަރުގެ ކެމިކަލް ވެޕަންސް ކޮންވެންޝަނުގެ ދަށުން މަނާކޮށްފަ އެވެ.
ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑޮނީޝިއާ އަންހެން މީހާ ވަނީ އޭނާ ލައްވާ ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އެޅުމަށް ބަޔަކު އޭނާ އަށް 400 ރިންގިޓް (90 ޑޮލަރު) ދިން ކަމަށް ބުނެފަ އެވެ. އަދި އެއީ ޖަޕާން ނުވަތަ ކޮރެއާ ބަޔަކާ ވައްތަރު ބައެއް ކަމަށް ވެސް ބުންޏެވެ. އެ އަހެން މީހާއާ ބައްދަލު ކުރި މެލޭޝިއާ ސަފީރުގެ ނައިބް ވިދާޅުވީ ބޭރު ފެށުން އޭނާ އަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށެވެ.
ކިމް މަރާލުމުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ނޯތު ކޮރެއާ އަށެވެ. ނަމަވެސް އެ ގައުމުން އެކަން ދޮގު ކުރެ އެވެ. ކިމްގެ މަރާ ގުޅިގެން ހޯދަން ބޭނުންވާ ނޯތު ކޮރެއާގެ ހަތަރު މީހުން ހޯދުމަށް މެލޭޝިއާ އިން މިހާރު ވަނީ އިންޓަޕޯލުގެ އެހީއަށް އެދިފަ އެވެ.
ކިމްގެ މަރާ ގުޅިގެން ދެ އަންހެނަކަށް ދައުވާ ކުރަނީ
ކިމް މަރާލި މީހުންގެ ޝަރީއަތް ދެން ފަށާނީ ޖެނުއަރީގައި
ކިމް މަރާލުމުގެ ކުރިން އެމެރިކާގެ އެޖެންޓަކާ ބައްދަލުކުރި
ކިމް މަރާލި ކަމަށް ތުހުމަތު ކުރާ ދެ އަންހެނުން ކޯޓަށް
ހިފެހެއްޓި މެލޭޝިއާ މީހުން އެނބުރި ގައުމަށް
ކިމްގެ މަރާ ގުޅިގެން ހޯދާ މީހުންނަށް ރެޑް ނޯޓިސް
ނޯތު ކޮރެއާ އެމްބަސީގައިވާ މީހުން ހޯދާނަން: މެލޭޝިއާ
ނޯތު ކޮރެއާގައި ތިބި މެލޭޝިއާ މީހުން ފުރުން މަނާކޮށްފި
ނޯތު ކޮރެއާ ސަފީރު މެލޭޝިއާ އިން ބޭރުކޮށްލަނީ
މެލޭޝިއާއިން ހައްޔަރުކުރީ ރޭވުމަކުން: ޗޯލް