Roadha Mihaaru
މެލޭޝިއާއިން ހައްޔަރުކުރީ ރޭވުމަކުން: ޗޯލް

މެލޭޝިއާ އިން ހައްޔަރުކުރީ ރޭވުމަކުން: ޗޯލް

04 މާޗް 2017

ބެއިޖިން (މާޗް 4) - މެލޭޝިއާ ސަރުކާރުން ހައްޔަރުކޮށްގެން ގެންގުޅުނީ ވަރަށް ބޮޑު ރޭވުމަކުން ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ނޯތު ކޮރެއާގެ ރައްޔިތެއް ކަމަށްވާ ރި ޖޮން ޗޯލް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (މާޗް 4) - މެލޭޝިއާ ސަރުކާރުން ހައްޔަރުކޮށްގެން ގެންގުޅުނީ ވަރަށް ބޮޑު ރޭވުމަކުން ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ނޯތު ކޮރެއާގެ ރައްޔިތެއް ކަމަށްވާ ރި ޖޮން ޗޯލް ބުނެފި އެވެ.

ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އޭނާ ވަނީ ދޫކޮށްލައިފަ އެވެ. މެލޭޝިއާ އިން ޑިޕޯޓްކޮށްލުމުން ޗައިނާ އަށް ގޮސް ބެއިޖިންގައި ހުންނަ ނޯތު ކޮރެއާގެ އެމްބަސީގެ ބޭރުގައި ވާހަކަ ދައްކަމުން ޗޯލް ބުނީ މެލޭޝިއާ އިން އޭނާ ހައްޔަރުކުރީ ނޯތު ކޮރެއާގެ އަގު ވައްޓާލުމަށް ކަމަށެވެ.

"އެ މީހުން އުޅުނީ މަޅިއެއްގައި ޖައްސަން. އެ މީހުން ބުނި ކަންކަމަށް އެއްބަސްވި ނަމަ މެލޭޝިއާގައި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ބުނި. ބޭނުމަކީ ނޯތު ކޮރެއާގެ އަގު ވައްޓާލުން،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗޯލް ބުންޏެވެ.

ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ޗޯލް މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގައި.

ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ޗޯލް މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގައި.

ޗޯލް ބުނީ ކިމް މަރާލި ދުވަހު އޭނާ އެއާޕޯޓަށް ވެސް ނުދާ ކަމަށެވެ. އޭނާ މެލޭޝިއާގައި ދިރިއުޅޭތާ ތިން އަހަރު ވެއްޖެ އެވެ. އެ ގައުމުގައި އޭނާ ދިޔައީ ސިނާއީ މަސައްކަތެއް ކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި ޗޯލްގެ ވޯކް ޕާމިޓް ވަނީ ފެބްރުއަރީ 6 ވަނަ ދުވަހު ހަމަވެފަ އެވެ.

ކިމްގެ މަރާ ގުޅިގެން ހައްޔަރު ކުރި ނޯތު ކޮރެއާގެ ހަމައެކަނި މީހަކީ ޗޯލް އެވެ. އެ ގައުމުގެ އިތުރު ބަޔަކު ހޯދުމަށް މެލޭޝިއާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޑިޕްލޮމެޓިކް ސްޓާފަކު ވެސް ހިމެނެ އެވެ. ނޯތު ކޮރެއާ މީހުން ހިލޭ ވިސާގައި މެލޭޝިއާ އަށް ދަތުރު ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ކިމްގެ މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެން އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑޮނީޝިއާ އަންހެން މީހާ ބުނެފައި ވަނީ އޭނާ ލައްވާ ބަޔަކު އެކަން ކުރުވީ ފައިސާ ދީގެން ކަމަށެވެ.