31 މާޗް 2017
މެލޭޝިއާގެ އެއާޕޯޓެއްގައި އަވަހާރަކޮށްލި ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެ ކިމް ޖޮންގް-ނެމްގެ ހަށިގަނޑު އެ ގައުމާ ހަވާލުކޮށްފި އެވެ. އަދި ނޯތު ކޮރެއާގައި ނުފުރޭ ގޮތަށް ހިފަހައްޓާފައި ތިބި މެލޭޝިއާގެ ނުވަ މީހަކު އެނބުރި މެލޭޝިއާ އަށް މިއަދު އަތުވެއްޖެ އެވެ.
މެލޭޝިއާގެ އެއާޕޯޓެއްގައި އަވަހާރަކޮށްލި ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެ ކިމް ޖޮންގް-ނެމްގެ ހަށިގަނޑު އެ ގައުމާ ހަވާލުކޮށްފި އެވެ. އަދި ނޯތު ކޮރެއާގައި ނުފުރޭ ގޮތަށް ހިފަހައްޓާފައި ތިބި މެލޭޝިއާގެ ނުވަ މީހަކު އެނބުރި މެލޭޝިއާ އަށް މިއަދު އަތުވެއްޖެ އެވެ.
މިދިއަ މަހު މެލޭޝިއާގެ އެއާޕޯޓެއްގައި ކިމް އަވަހާރަކޮށްލީ ދެ އަންހެނަކު އޭނާގެ މޫނުގައި ވަރުގަދަ ކެމިކަލެއް އުނގުޅުމުންނެވެ. އެ ހާދިސާ އަށް ފަހު ނޯތު ކޮރެއާ އާއި މެލޭޝިއާއާ ދެމެދު ވަރަށް ބޮޑެތި މައްސަލަތަކެއް ނުކުތެވެ. ނޯތު ކޮރެއާ އިން އެދުނީ ކިމްގެ ހަށިގަނޑު ވަގުތުން ހަވާލުކުރާށެވެ. އެކަމަކު އެއީ މެލޭޝިއާގައި ހިންގި ގަތުލަކަށް ވާތީ ހުރިހާ ތަހުގީގެއް ނިމުމުގެ ކުރިން ހަށިގަނޑު ހަވާލުނުކުރާނެ ކަމަށް މެލޭޝިއާ އިން ބުނެ އެވެ.
ތުހުމަތުކުރެވޭ ގޮތުގައި ކިމް އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އޭނާގެ ކޮއްކޮ އަދި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުންގެ ސަރުކާރެވެ.
މެލޭޝިއާގައި ފެބްރުއަރީ 13، 2017 ގައި އަވަހާރަކޮށްލި ކިމް ޖޮންގް-ނެމް: އޭނާގެ ހަށިގަނޑު މިހާރު ވަނީ ނޯތު ކޮރެއާއާ ހަވާލުކޮށްފައި
މި މައްސަލަގަނޑުގެ ތެރޭގައި ނޯތު ކޮރެއާ އިން އެންގީ އެ ގައުމުގައި ތިބި މެލޭޝިއާގެ އެއްވެސް މީހަކަށް ނުފުރޭނެ ކަމަށެވެ. އަދި މެލޭޝިއާ އިން ވެސް ހަމަ އެގޮތަށް ފިޔަވަޅު އެޅި އެވެ.
ނޯތު ކޮރެއާގައި ތިބީ ހަމައެކަނި މެލޭޝިއާގެ އެމްބަސީގެ މުވައްޒަފުންނެވެ.
ދެ ގައުމުން އެއްބަސްވުމަކަށް އާދެވުމާ އެކު މެލޭޝިއާ އިން ވަނީ ކިމް ޖޮންގް-ނެމްގެ ހަށިގަނޑު ނޯތު ކޮރެއާއާ ހަވާލުކޮށްފަ އެވެ. އަދި އޭނާގެ މަރުގެ މައްސަލާގައި ސުވާލުކުރަން ބޭނުންވި އެ ގައުމުގެ ދެ މީހަކު އެނބުރި ނޯތު ކޮރެއާ އަށް ދިއުމުގެ ހުއްދަ ވެސް މެލޭޝިއާ އިން ވަނީ ދީފަ އެވެ.
ކިމް ޖޮންގް-ނެމް ދިރިއުޅުއްވީ ގައުމުން ބޭރުގަ އެވެ. އަދި އޭނާގެ ކޮއްކޮގެ ސަރުކާރަށް ފާޑު ވެސް ކިއުއްވަމުން ގެންދެވި އެވެ. އެކަމަކު ބައެއް އިންޓަވިއުތަކުގައި އޭނާ ވިދާޅުވެފައި ވަނީ ސިޔާސީ ކަންކަމާ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
ނޯތު ކޮރެއާ ރުޅިގަދަވީ ކިމް ޖޮންގް-ނެމްގެ އޮޓޮޕްސީ ހަދަން އެ ގައުމުން ދެކޮޅު ހަދަމުން ދަނިކޮށް މެލޭޝިއާ އިން އެކަން ކުރުމުންނެވެ. މެލޭޝިއާ އިން ބުނަމުން އައީ އެ ގަތުލު އެ ގައުމުގައި ހިންގާފައި ވާތީ ހުރިހާ ތަހުގީގެއް ފުރިހަމަކުރާނެ ކަމަށާއި އަދި ހަށިގަނޑު ހަވާލުކުރާނީ ހަމައެކަނި އާއިލާއާ ކަމަށެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މެލޭޝިއާގެ ނުވަ މީހުން އެނބުރި ގެންނަން އެ ގައުމުން ވަނީ ނޯތު ކޮރެއާ އިން އެދުނު ހުރިހާ ކަމެއް ކޮށްފަ އެވެ. މެލޭޝިއާ ސަރުކާރުން ބުނާ ގޮތުގައި އެއީ ޑިޕްލޮމެޓިކްގެ ގޮތުން އެ ގައުމަށް ލިބުނު ކާމިޔާބީއެކެވެ.
ކިމް މަރާލުމުގެ ކުރިން އެމެރިކާގެ އެޖެންޓަކާ ބައްދަލުކުރި
ކިމް މަރާލި ކަމަށް ތުހުމަތު ކުރާ ދެ އަންހެނުން ކޯޓަށް
ކިމްގެ މަރާ ގުޅިގެން ހޯދާ މީހުންނަށް ރެޑް ނޯޓިސް
ނޯތު ކޮރެއާ އެމްބަސީގައިވާ މީހުން ހޯދާނަން: މެލޭޝިއާ
ނޯތު ކޮރެއާގައި ތިބި މެލޭޝިއާ މީހުން ފުރުން މަނާކޮށްފި
ނޯތު ކޮރެއާ ސަފީރު މެލޭޝިއާ އިން ބޭރުކޮށްލަނީ
މެލޭޝިއާއިން ހައްޔަރުކުރީ ރޭވުމަކުން: ޗޯލް
ކިމްގެ މަރާ ގުޅިގެން ދެ އަންހެނަކަށް ދައުވާ ކުރަނީ
ކިމްގެ މަރުގެ ތުހުމަތުގައި ހޯދާ ހަތަރު މީހުންނަކީ ޖާސޫސުން
ކިމް މަރުވީ ވިހަ ދިންތާ 15-20 މިނިޓް ފަހުން