11 އެޕްރީލް 2017
މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވައި ދައުރުވާ ތަނެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކުރިޔަސް އެއަށް އަމަލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވައި ދައުރުވާ ތަނެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކުރިޔަސް އެއަށް އަމަލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމަށް ބުނެ މިދިޔަ ބުރާސްފަތިދުވަހު ހައްޔަރުކޮށްފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމާ މެދު ފުލުހުން އަމަލުކުރާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ސަމާލުކަމަށް އިދިިކޮޅު ކޯލިޝަނުން މިއަދު ވަނީ ގެނެސްފަ އެވެ.
އެޗްއާރުސީއެމްގެ އެންމެ އިސް ދެ މެމްބަރުންނާ އެކު އިދިކޮޅު ކޯލިޝަނުން ބޭއްވި މި ބައްދަލުވުމުގައި، ވައި ދައުރު ނުވާ ތަނެއްގައި ގާސިމް ބަހައްޓާފައިވާ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ. އަދި ގާސިމަށް އޭނާގެ އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް ނުދޭ މައްސަލަ މި ބައްދަލުވުމުގައި އެޗްއާރުސީއެމްއާ ހިއްސާކުރި ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ކޯލިޝަނުން ބުނިގޮތުގައި ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން ނޯޒް ސްޕްރޭ ބޭނުންކުރަންޖެހޭތީ އެ ބޭސް ވަނީ ފުލުހުންނާ ހަވާލު ކޮށްފަ އެވެ. އެކަމަކު އެ ބޭސް ވެސް ގާސިމާ ހަވާލު ނުކުރާކަން އެޗްއާރުސީއެމްގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރުން ހައްޔަރު ކުރިއިރު ފުލުހުން އަމަލުކުރި ގޮތާ ތަފާތުކޮށް، ފުލުހުން ގާސިމާ މެދު އަމަލުކުރާ މައްސަލަ އާއި ތަހުގީގެއް ނުކޮށް، އޭނާ ބަންދުގައި ބަހައްޓާ މައްސަލަ އެޗްއާރުސީއެމްގެ ސަމާލު ކަމަށް ގެނައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި ގާސިމް ހައްޔަރުކުރީ ސިޔާސީ މަގްސަދެއް ކަމާއި އޭނާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުކުރުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަން ވެސް ކޯލިޝަނުން ފާހަގަކުރި އެވެ.
ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބަލައިނުގަތް ކަމަށް ގާސިމްގެ ވަކީލުން ވަނީ ބުނެފަ އެވެ. ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އޭނާ ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ގާސިމްގެ ވަކީލުން ވަނީ ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.
ގާސިމް ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް
ޖަރުމަން ސަރުކާރުގެ ހުއްދައަކާއެކު ގާސިމް ޖަރުމަނަށް
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
އެޗްއާރުސީއެމުން ގާސިމާ ބައްދަލުކޮށްފި
ގާސިމަށް ދެވޭނެ ފަރުވާއެއް ނެތް، ހާލު ސީރިއަސް:ސަމީރު
ގާސިމަށް ކޯޓުން ކުރި ޝަރުތުތައް އުުވާލައިފި
ގާސިމަށް ކުރި ޝަރުތުތައް ބާތިލްކޮށް ދިނުމަށް އެދިއްޖެ
ގާސިމްގެ ދެވަނަ މައްސަލަ އަނބުރާ ޕޮލިހަށް
ޕާޓީއާ ގުޅޭ ސުވާލު ފުލުހުން ކުރުމުން ލަދުގަނޭ: މާރިޔާ