ކިތަންމެ ބިރެއް ދެއްކެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިސްލާހީ ހަރަކާތާ ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
06 އެޕްރީލް 2017
ކިތަންމެ ބިރެއް ދެއްކެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިސްލާހީ ހަރަކާތާ ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ބޭއްވި ޖަލްސާގައި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ސައުދެކޭ އެއްގޮތަށް ރައީސް ޔާމީން އަރިހުގައި ދެން ތިއްބެވި މެމްބަރުން ވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ޕީޕީއެމްގެ ދެ ބައިވެ އުފެދުނު މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީނާ އެކު ހުންނެވި ސައުދު މިރޭ ވަނީ ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފަ އެވެ.
"މި ކަމެއް ދެން ނުހުއްޓުވޭނެ، މައުމޫން އަބްދުލްގައްޔޫމްގެ ސައިޑަށް ޕީޕީއެމްގައި ތިއްބެވި އިއްޒަތްތެރި މެމްބަރުން އަރައި ނިމޭތަން ފެންނާނެ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ. އަދި ޖޭޕީން ޕީޕީއެމަށް ގޮސް ތިއްބެވި ބޭފުޅުން ވެސް މާލަހެއް ނުވެ އިރާދަކުރެއްވިއްޔާ އެނބުރި އަންނާނެ،" ސައުދުގެ ހިތްވަރު ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ހަރަކާތާ އަލަށް ގުޅުނު، ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ އަމީތު އަދި ވިލިނގިލީ ދާއިރާގެ ސައުދު، މިރޭ ކުނޫޒްގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭނާ ވިދާޅުވީ "މާދަމާ އަޅުގަނޑު ޖަލަށް ލެވިދާނެ" ކަމަށާއި "އެކަމަކު ވެސް މި މަސައްކަތް ނުހުއްޓުވޭނެ" ކަމަށެވެ.
"މި ރޫހު މަރައެއް ނުލެވޭނެ އިނގޭތޯ. އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނު ފުރާވަޑައިގަންނަވާށޭ މިތަން ދޫކޮށްލައްވާފައި. މިތާ ފަސާދަ އުފައްދަން ނޫޅުއްވާށޭ. ރައްޔިތުންނަށް އަނިޔާކުރައްވަން ނޫޅޭށޭ. އެކަން ނުކުރެއްވޭނެ އިނގޭތޯ،" ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމް ދޫކުރައްވައި މެމްބަރުން އެހެން ޕާޓީތަކާ ގުޅިވަޑައިގަންނަވާ ނަމަ، ފުރަތަމަ އިސްތިއުފާ ދެއްވައި އަމިއްލަ އަށް ހޮވިވަޑައިގަންނަވަން ކެރިވަޑައިގަންނަވަން ޖެހޭ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވައި، ޖޭޕީގެ މެމްބަރުން އަލުން އެ ޕާޓީ އަށް ވަޑައިގަތުމަށް ގާސިމް ދައުވަތު ދެއްވި އެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ނިޝާން އަލީ
އޭނާ ވިދާޅުވީ އެމްޑީޕީ ޓިކެޓުގައި ހޮވިވަޑައިގަތް މެމްބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މިގޮތަށް ގުޅިވަޑައިގަންނަވާއިރު ރައީސް ޔާމީން ވިދާޅުވި ގޮތަށް ގޮނޑި ދޫކޮށްލައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޕާޓީ ދޫކުރައްވާ ނަމަ މެމްބަރުން އިސްތިއުފާ ދެއްވަން ރައީސް ޔާމީން ގޮވާލެއްވިއިރު ޕީޕީއެމްގައި ތިބީ ޖުމްހޫރީ ޕާޓީގެ ކިތައް މެމްބަރުންތޯ އަދި އެމްޑީޕީގެ ކިތައް މެމްބަރުންތޯ ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވަނީތޯ ގާސިމް ސުވާލުކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީ އާއި އެމްޑީޕީން ވަޑައިގަތް ބޭފުޅުންނަށް ވެސް ވަރަށް އިހްލާސްތެރިކަމާ އެކު ދަންނަވަން ވަޑައިގަންނަވާށޭ، ތިބޭފުޅުން ވަޑައިގަތީމަ ނިމުނީ. އެއް ކަމެއް ވެސް ނުކުރެވޭނެ. ބިރުފަހަނާޅައި ނިކުންނާށޭ، އެ ހިސާބުން ނިމުނީ ހުރިހާ ކަމެއް. ކޮންމެ ތާކަށް، ކޮންމެ މައްސަލައެއް ހުށަހެޅިއަސް ނުހިނގާނެ،" ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ ފާރިސް އަދި އިދިކޮޅު ފަރާތްތަކާ އަލަށް ގުޅުނު ޕީޕީއެމްގެ މަޖިލިސް މެމްބަރު ވިލިނގިލި ދާއިރާގެ ސައުދު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތް ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިން އަދި އެހެން މުއައްސަސާތަކަށް ވެސް އެނގެ އެވެ. އެ މުއައްސަސާތަކުން ތިބީ ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމަކަށް އަތްތިލަބަޑި ޖަހަން ތައްޔާރަށް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މަސައްކަތަށް ވަރަށް އަވަހަށް ކާމިޔާބީ ލިބޭނެ ކަމަށެވެ. ރައީސް ޔާމީނަށް 2013 ގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 25 ޕަސެންޓްކަން ފާހަގަކުރައްވައި، ދެ ވަނަ ބުރުގައި ތާއީދުކުރެއްވި އެންމެން ފެއަށް ޖެހިވަޑައިގަތުމުން މިހާރު އެމަނިކުފާނަށް އެވަރު ވެސް ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
ވަފާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާނަން: ގާސިމް
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު
ބޮޑެތި ކަންކަމަށް ޕެންޝަން ފައިސާ ދެވޭ ގޮތް ހަދަންޖެހޭ