05 އެޕްރީލް 2017
މަތީ ތައުލީމް ހާސިލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނަށް ކޮލިފައިވި ދަރިވަރުންގެ ލިސްޓް އާއްމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.
މަތީ ތައުލީމް ހާސިލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނަށް ކޮލިފައިވި ދަރިވަރުންގެ ލިސްޓް އާއްމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިހާރު އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވާލި ލޯނަށް ކުރިމަތިލި ދަރިވަރުންގެ ލިސްޓެވެ. ޑީއެޗްއީ އިން ބުނީ މިހާރު އާއްމުކޮށްފައިވާ ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ އެ ލިސްޓާ ގުޅޭ މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މާދަމާގެ 1:30 ގެ ކުރިން އެކަމެއް ސާފުކުރަންޖެހޭނެ ކަމަށެވެ.
މިހާރު އާއްމުކޮށްފައި ވަނީ ލޯނު ލިބޭ ދަރިވަރުންގެ ފައިނަލް ލިސްޓެއް ނޫނެވެ. ފައިނަލް ލިސްޓް އާއްމުކުރާނީ ލޯނަށް ކޮލިފައިވެފައިވާ ދަރިވަރުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހުގަ އެވެ.
ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރަން ލޯނު ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ޓްރެއިނިން އާއި ނާސިން އާއި ޓީޗިން އަދި ޝަރީއާ އެންޑް ލޯގެ ކޯސްތައް ހިމެނެ އެވެ. އެއީ ޑިޕްލޮމާގެ ކޯހަކާއި ބެޗްލާސް ޑިގްރީގެ ފަހެއް އަދި މާސްޓާސް ފެންވަރުގެ އެއް ކޯހެވެ. ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރަން ލޯނަށް އެދި 10 ދާއިރާއަކުން ޖުމްލަ 344 ފުރުސަތު ދީފައިވާއިރު ހުށަހަޅާފައި ވަނީ 224 ދަރިވަރުންނެވެ.
ރާއްޖޭން ބޭރުގައި ތިބެގެން ކިޔަވަން ފުރުސަތު ދީފައި ވަނީ ސާކު ގައުމުތަކުގެ އިތުރުން ޗައިނާ، ފިލިޕީންސް، ތައިލޭންޑް އަދި މެލޭޝިޔާ އިންނެވެ. ރާއްޖޭން ބޭރުން ކިޔަވަން 12 ދާއިރާއަކުން 507 ފުރުސަތު ދިން އިރު އެ ފުރުސަތުތަކަށް ކުރިމަތިލީ 303 ދަރިވަރުންނެވެ. އެ ދާއިރާތަކުގެ ތެރޭގައި މެޑިސިން، ނާސިން ފަދަ ކޯސްތައް ހިމެނެ އެވެ.
މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
މެލޭޝިޔާގެ 250 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ލިމްކޮކް ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި
މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފި
މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ކުދިންނަށް
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ތިން މާއްދާއިން ފާސްވިޔަސް 11،12 އިން ޖާގަ ލިބޭނެ
ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމުކޮށްފި
ތައުލީމާ ގުޅޭ ދެ ބިލު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި