Roadha Mihaaru
އިތުރަށް ދެވުނު 37 ލާރި އަނބުރާ ދައްކަން އަންގައިފި

އިތުރަށް ދެވުނު 37 ލާރި އަނބުރާ ދައްކަން ހައި ކޯޓުން އަންގައިފި

15 ޖޫން 2016

މީގެ ދެ މަސް ކުރިން، ހައި ކޯޓުގެ ވަޒީފާ އިން ވަކިކުރި މީހަކަށް އިތުރަށް ދެވިފައިވާ 37 ލާރި އަނބުރާ ދައްކަން އެ ކޯޓުން އެ މީހާ އަށް އަންގައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މީގެ ދެ މަސް ކުރިން، ހައި ކޯޓުގެ ވަޒީފާ އިން ވަކިކުރި މީހަކަށް އިތުރަށް ދެވިފައިވާ 37 ލާރި އަނބުރާ ދައްކަން އެ ކޯޓުން އެ މީހާ އަށް އަންގައިފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ހައި ކޯޓުން އެ މީހާ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ އެ ކޯޓުގައި ވަޒީފާ އަދާކުރި ދުވަސްވަރު، 2015 ވަނަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ ގަޑީ ލާރީގެ ގޮތުގައި މުސާރަ އިން އުނިކުރަންޖެހޭ ފައިސާގެ ތެރެއިން 37 ލާރި ވަނީ އުނި ނުކުރެވި ކަމަށެވެ.

ހައި ކޯޓުގެ ކުރީގެ މުވައްޒަފަކަށް އިތުރަށް ދެވިފައިވާ 37 ލާރި އަނބުރާ ދެއްކުމަށް އަންގައި އެ ކޯޓުން ފޮނުވާފައިވާ ސިޓީ.

ހައި ކޯޓުގެ ކުރީގެ މުވައްޒަފަކަށް އިތުރަށް ދެވިފައިވާ 37 ލާރި އަނބުރާ ދެއްކުމަށް އަންގައި އެ ކޯޓުން ފޮނުވާފައިވާ ސިޓީ.

"ވީމާ، މި 0.37 ރ. (ތިރީސް ހަތް ލާރި) ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މި ކޯޓަށް ދައްކައި ޚަލާސް ކޮށްދެއްވުން އެދެމެވެ." ހައި ކޯޓުން އޭނާ އަށް ފޮނުވި ސިޓީގައި ވެ އެވެ.

އޭނާ އަކީ މިދިޔަ އެޕްރީލް މަހުގެ ކުރީކޮޅު، ޝަރުއީ ދާއިރާގެ ވަޒީފާތަކުން ވަކިކުރި ނުވަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ ފަހަރު ވަކިކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފަ އެވެ.

އެ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުންތައް މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ގޮތަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.