10 ޖޫން 2019
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އައްޔަން ކުރުމުގައި އިޖްރާއާތުތަކާ ޚިލާފް ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އައްޔަން ކުރުމުގައި އިޖްރާއާތުތަކާ ޚިލާފް ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ ކަމަށް މިދިޔަ މާޗް މަހު ވަނީ ފާރިޝް އަހުމަދު އައްޔަންކޮށްފަ އެވެ. އެކަމަކު މީގެ ދުވަސްކޮޅެއް ކުރިން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އޭނާ އެ މަގާމަށް އައްޔަންކުރި އިޖްރާއާތު ގޯސް ކަމަށް ކަނޑައަޅައި، އޭނާ ވަކިކުރަން ނިންމައިފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ ނިންމުން ސުޕްރީމް ކޯޓަށް ފޮނުވުމުން ފާރިޝް އެ މަގާމަށް އައްޔަން ކުރުމުގައި އިޖްރާއާތުތަކާ ޚިލާފް އެއްވެސް ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އެ ނިންމުން ހައި ކޯޓަށް ވެސް މިއަދު އަންގާފައިވާނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން މާސްޓާޒް ހާސިލް ކުރައްވާފައިވާ ފާރިޝް އެ މަގާމަށް އައްޔަން ކުރިގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ. އެކަމަކު އޭސީސީން އެކަމުގައި ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ. ފާރިޝްއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެކެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ހައި ކޯޓުގެ ރެޖިސްޓްރާއަކީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި، އެ ކޯޓުގެ ދެން އެންމެ އިސް މަގާމެކެވެ. އަދި އިސް ފަނޑިޔާރު ކަނޑައަޅާ ގޮތެއްގެ މަތިން، ރެޖިސްޓްރާގެ ބައެއް މަސްއޫލިއްޔަތުތައް އެސިސްޓެންޓް ރެޖިސްޓްރާއާ ހަވާލު ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. ހައި ކޯޓުގެ ރެޖިސްޓްރާއަކީ މަރިޔަމް ހޫރުޝީދާ އެވެ.
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
ޖޭއެސްސީ ދަށަށް ޑީޖޭއޭ ގެންދިއުން: މައްސަލަ ބޭރުކޮށްފި
"އިދާރާތައް އުފެއްދުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް"
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އިސްތިއުފާ ދެއްވަނީ
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
ހުކުމް ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!