Roadha Mihaaru
ނަރުދޫ އިންޖީނުގޭގައި ރޯވެ ކަރަންޓު ކެނޑިއްޖެ

ނަރުދޫ އިންޖީނުގޭގައި ރޯވެ ރަށުން ކަރަންޓް ކެނޑިއްޖެ

03 އެޕްރީލް 2017

ށ. ނަރުދޫ އިންޖީނުގޭގައި އަލިފާން ރޯވެ ރަށުން ކަަރަންޓު ކެނޑިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ށ. ނަރުދޫ އިންޖީނުގޭގައި އަލިފާން ރޯވެ ރަށުން ކަަރަންޓު ކެނޑިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަޒްމީ ވިދާޅުވީ އެ އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ އިމާރާތާ ކައިރި ނުވެވޭތީ ލިބުނު ގެއްލުމެއް އަދި ސާފުނުވާ ކަމަށެވެ.

ނަރުދޫ އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އަލިފާން ރޯވުމާއެކު އެ ރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ވެސް ނުވަތަ ނޫން ކަމެއް އަދި ކަށަވަރު ނުވާ ކަމަށް އަޒްމީ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޖީނުގޭގައި އަލިފާން ރޯވެގެން 12 ޖަހާކަށްހާ އިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި ފުލުހުންގެ ޓީމެއް އެ ރަށަށް ދިއުމަށް ދަތުުރު ކުރަމުންދާ ކަމަށެވެ.

ނަރުދު އަށް ކަރަންޓު ދޭން ބޭނުންކުރަނީ ދެ ޖަނެރޭޓަރެވެ. އެތަނުން އެއް ޖަނަރޭޓަރަކީ ކުޑަކޮށް ހަލާކުވެފައިވާ އެއްޗެއްކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.