03 އެޕްރީލް 2017
ލަންޑަން (އޭޕްރިލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-2 އިން މެންޗެސްޓާ ސިޓީއާ އެއްވަރުވި މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ އެ ޓީމުގެ ސަޕޯޓަރުންނަށް ތައުރީފް ކޮށްފި އެވެ.
ލަންޑަން (އޭޕްރިލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-2 އިން މެންޗެސްޓާ ސިޓީއާ އެއްވަރުވި މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ އެ ޓީމުގެ ސަޕޯޓަރުންނަށް ތައުރީފް ކޮށްފި އެވެ.
ރޭގެ މެޗުން އެއްވަރުވުމުން ލީގުގެ ފަސް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އާސެނަލަށް ގެއްލުނުއިރު، ސިޓީ އަށް ވެސް ވަނީ ތިން ވަަނަ އަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ. އާސެނަލް ހަ ވަނައިގައި އޮތީ 28 މެޗުން 52 ޕޮއިންޓާ އެކު އެވެެ. ސިޓީ ހަތަރު ވަނައިގައި އޮތީ 29 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ.
ލިރޯއީ ސާނޭގެ ލަނޑުން ސިޓީ ލީޑު ނަގާފައިވަނިކޮށް އާސެނަލަށް ފުރަތަމަ ފަހަރަށް އެއްވަރުކޮށްދިނީ ތިއޯ ވޮލްކޮޓް އެވެ. ސިޓީ އަށް ދެ ވަނަ ފަހަރަށް ކުރިހޯދައިދިނީ ސާޖިއޯ އަގުއޭރޯ އެވެ. އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޝްކޮޑްރަން މުސްތާފީ އެވެ.
ރޭގެ މެޗުގައި އާސެނަލްގެ ބައެއް ސަޕޯޓަރުން ވެންގާ އަށް ފާޑުކިޔަމުން ދިޔައިރު، ވެންގާ އަށް ތާއީދުކޮށް އަނެއް ބައި ސަޕޯޓަރުން ވެސް ވަނީ ބެނާތައް ބަހައްޓައިފަ އެވެ.
ވެންގާގެ އިސްތިއުފާ އަށް ގޮވައި ސަޕޯޓަރުން ބޯޑެއް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
ވެންގާ ބުނީ މި މެޗުގައި ފެނިގެންދިޔައީ ޓީމު ކޮންމެ ހާލަތެއްގައި އޮތް ނަމަވެސް ފެނިގެންދިޔައީ ސަޕޯޓަރުންގެ ހިތުގައި ކްލަބަށް އޮތް ލޯބި ކަމަށެވެ.
"މި މެޗުގައި އެތަކެއް ކަންތައްތަކެއް ހިނގައިދިޔައިރު އަހަންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަޕޯޓަރުން ޓީމު ފަހަތުގައި ތިބިތަން ފެނުން. ވަރަށް އުނދަގޫ ވަގުތު ކޮޅެއް ސިޓީ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް 1-0 އިން އަދި 2-1 އިން ފަހަތުގައި އޮއްވައި އަލުން އެއްވަރުކުރުމަކީ. އެ ވަގުތު ސަޕޯޓަރުންގެ ފަރާތުން ކުޅުންތެރިންނަށް ލިބުނު ހިތްވަރު ފެނިފައި އަހަންނަށް ލިބުނީ ވަރަށް ބޮޑު އުފަލެއް،" ވެންގާ ބުންޏެވެ.
މި ސީޒަނަށް ފަހު ވެންގާ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ އެ ކްލަބުން ދެން ފެނުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ވެންގާ ވަނީ އާސެނަލް ބޯޑުގައި އިތުރު ދެ އަހަރަށް އެއްބަސްބުން އާ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން އާސެނަލަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
އާޓެޓާގެ އާސެނަލް އެންމެ ފަހުން ޕެޕްގެ ސިޓީ ބަލިކޮށްފި
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
100 ދުވަހަށް ފަހު މިރޭ އަލުން ޕްރިމިއާ ލީގު ފަށަނީ
"ލީގު ކަޕް ތަށްޓަކީ ގިނަ ކާމިޔާބީތަކެއްގެ ފެށުން"
އާސެނަލްގެ ރެކޯޑާ ހަމައެއް ނުކުރެވޭނެ: ގާޑިއޯލާ
ގާޑިއޯލާ އަށް ވެންގާ ތައުރީފް އޮއްސާލައިފި
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ