Roadha Mihaaru
ހަ ރަށުގެ ޖެޓީ ހަދަން 14 މިލިއަނަށް އެމްއާރުޑީސީއަށް

ހަ ރަށެއްގެ ޖެޓީ ހަދަން 14 މިލިއަން ރުފިޔާއަށް އެމްއާރުޑީސީއާ ހަވާލުކޮށްފި

26 މާޗް 2017

ހަ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލު ކުރުމަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހައުސިން މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހަ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލު ކުރުމަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހައުސިން މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޖެޓީ ހަދަން ނިންމީ އާބާދީ މަދު، ލަފާފުރުމުގެ ކަންކަން ވަރަށް އާދައިގެ ގޮތަކަށް ހުރި ރަށްތަކެއްގައި ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި ވަނީ، މީހުން އެ ރަށެއްގައި ދިރިއުޅޭ އިރު، އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށް ޖެޓީއެއް ހެދިގެން ދާން ޖެހޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ވާހަކަ ދައްކަވަނީ، ޖެޓީ ހަދަން ނިންމި ހަ ރަށަކީ ލަފާފުރުމުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ ރަށްތައް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ވާހަކަ ދައްކަވަނީ، ޖެޓީ ހަދަން ނިންމި ހަ ރަށަކީ ލަފާފުރުމުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ ރަށްތައް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖެޓީ ހަދަން ނިންމި ރަށްތަކާއި އަގުތައް

1- ބ. ފެހެންދޫ (2.2 މިލިއަން ރުފިޔާ)

2- ބ. ފުޅަދޫ (2.2 މިލިއަން ރުފިޔާ)

3- ރ. ރަސްގެތީމު (3.3 މިލިއަން ރުފިޔާ)

4- ވ. ފުލިދޫ (2.5 މިލިއަން ރުފިޔާ)

5- ވ. ރަކީދޫ (1.8 މިލިއަން ރުފިޔާ)

6- މ.ރަތްމަންދޫ (2.2 މިލިއަން ރުފިޔާ)

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އދ. މަންދޫ އާއި އއ. ހިމަންދޫގެ ޖެޓީ ހެދުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ. އަދި މި ހުރިހާ ރަށެއްގެ ޖެޓީ ހަދަން ނިންމީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސޮއިކުރެވިގެން ދިޔަ މަޝްރޫއުތައް އެމްއާރުޑީސީން ވަރަށް އަވަހަށް ފަށައި ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރަނީ، އަދި ވީހާ ވެސް ފުރިހަމަ ކަމާއެކު ނިންމާނެ ކަމަށް އުންމީދުކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްއާރުޑީސީން ސޮއިކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލެވެ.

ހަ ރަށެއްގެ ޖެޓީ ހަދަން އެމްއާރުޑީސީއާ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި، މުއިއްޒު (ކ) އާއި ނިމާލް (ކ-2) އެއްބަސްވުންތަކުގައި ސޮއި ކުރައްވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަ ރަށެއްގެ ޖެޓީ ހަދަން އެމްއާރުޑީސީއާ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި، މުއިއްޒު (ކ) އާއި ނިމާލް (ކ-2) އެއްބަސްވުންތަކުގައި ސޮއި ކުރައްވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ރަސްމިއްޔާތުގައި ނިމާލް ވިދާޅުވީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތަށް، އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަ ރަށުގެ ޖެޓީ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުތަކަކީ ކުންފުންޏާ ހަވާލުވެވަޑައިގަތް ފަހުން ލިބިވަޑައިގަތް ދެވަނަ ޕްރޮޖެކްޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް 6-8 މަސްތެރޭގައި އުންމީދު ކުރަނީ އެމްއާރުޑީސީއާ ހަވާލުކުރި މައިގަނޑު ޕްރޮޖެކްޓްތަކުގެ ބޮޑު އަދަދެއް ނިންމާފައި. މަޝްރޫއުތަކުގެ ފޮނި މީރުކަން ލިބޭނެ ކަމަށް،" ނިމާލް ވިދާޅުވި އެވެ.