މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިލުގައި ހުރި ކަންބޮޑުވާން ޖެހޭ ކަންކަމާ ގުޅިގެން ނޫސްވެރިން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ޕްރެޝާކުރަމުން ދަނިކޮށް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ދެންމެ ނޫސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
28 އޯގަސްޓް 2025
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިލުގައި ހުރި ކަންބޮޑުވާން ޖެހޭ ކަންކަމާ ގުޅިގެން ނޫސްވެރިން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ޕްރެޝާކުރަމުން ދަނިކޮށް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ދެންމެ ނޫސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިއްޔެ އެ ބިލު ބަލައިގަތީ ނޫސްވެރިން އިހުތިޖާޖުކޮށް، އެ ބިލު މަޖިލީހުން ބޭރުކުރަން ގޮވާލައި އަޑުއުފުލަމުން ދަނިކޮށެވެ. ހަފުތާއެއްހާ ދުވަސް ފަހުން ޚަލީލް އާއި އަސްވާޑު ނޫސްވެރިންނާ ނުރަސްމީކޮށް މިއަދު ބައްދަލުކުރެއްވީ ރައީސް އޮފީހުގެ ބޭރުގައި ހުންނަ މި ސަރުކާރުން ހެދި "މީޑިއާ ފެންޑާ"ގެ އެވެ.
ޚަލީލް އާއި އަސްވާޑު އެތަނަށް ވަޑައިގަތުމާ އެކު ނޫސްވެރިން ވަނީ އެ ބިލުގައި ހުރި ނޫސްވެރިން ކަންބޮޑުވާ ވަކިވަކި މާއްދާތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. ނޫސްވެރިންގެ އެންމެ ބޮޑު ސުވާލަކަށް ވީ، އަމިއްލަ މެމްބަރަކު މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލާ މެދު ސަރުކާރުގެ "ސްޓޭންޑަކީ" ކޮބައިހެއްޔެވެ؟
އެ ދެ ބޭފުޅުން ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭނެ އެއްވެސް ކަމަކަށް ސަރުކާރުން ތައީދު ނުކުރާނެ ކަމަށެވެ.
ނަމަވެސް، ސަރުކާރުގެ ސްޓޭންޑަކީ އެއީ ކަމަށް ވާ ނަމަ، މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވާ ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ ތާއީދާއެކު މަޖިލީހަށް އެ ބިލު ބަލައިގަތް ސަބަބާ މެދުގައި ސުވާލު އުފެދޭ ކަމަށް ނޫސްވެރިން ބުންޏެވެ.
ނޫސްވެރިން ޕްރެޝާކުރުމާ އެކު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ކުރިމައްޗަށް ނުކުމެވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މީޑިއާ ކޮންޓްރޯލްކުރުމާ ބެހޭ ބިލު މަޖިލީހަށް ބަލައިގަތީ އެ ބިލު މަޖިލީހުން ބޭރުކުރަން ގޮވާލައި ނޫސްވެރިން މަޖިލިސް ދޮށަށް އެއްވެ އިހުތިޖާޖުކުރަމުން ދަނިކޮށެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމާ އެކު ނޫސްވެރިން ރައީސް އޮފީސް ކައިރިއަށް އެއްވުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ނޫސްވެރިންނަށް ހުރަސްއަޅައި، އެ ސަރަހައްދުން ދުރަށް ޖައްސައިފަ އެވެ. އަދި ބައެއް ނޫސްވެރިން ފުލުހުންގެ ވެހިކަލަށް ގަދަމުން އެރުވުމަށް ފަހު، އޭގެ އިރުކޮޅެއް ފަހުން ދޫކޮށްލި އެވެ.
އެ ސަރަހައްދުން ދުރަށް ޖެއްސުމާ އެކު ނޫސްވެރިން ދެން އެއްވީ ރިޔާސީ ގަނޑުވަރު މުލިއާގެ ކުރިމައްޗަށެވެ. ނޫސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކަށް ވީ، އެ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހަށް ބަލައިގަތީ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮއްވަ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިލު ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް ތާވަލުކޮށް، އެ ބިލުގެ މަޝްވަރާކުރަން އޮތީ ތާވަލު ވެސް ކޮށްފަ އެވެ.
އެ ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންނާއި ބޭރުގެ އެތައް ޖަމްއިއްޔާތަކުން ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ.
ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނައިން: އަސްވާޑް
މީޑިއާ ބިލުގައި އެއްބަސްނުވޭ ކަންކަން ހުރި: އަސްވާޑު
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް މިއަދު، އެޖެންޑާ އާންމެއް ނުކުރޭ
އެމްޖޭއޭގެ ރައީސް ކަމަށް ނާއިފް، ނައިބަކަށް ޝަހުޒާން