Roadha Mihaaru

ޓޫރިޒަމް ޕްރޮމޯޓުކުރަން ޓެޒް ސްކައިލާ ރާއްޖެ އަތުވެއްޖެ

ނެޓްފްލިކްސްގެ މަޝްހޫރު "ވަން ޕީސް" ލައިވް-އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް، ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ޓެޒް ސްކައިލާ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި އޭނާގެ ދަތުރު ރާއްޖޭގައި ފަށައިފި އެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފީ މުއްސަނދިކަމާއި ދެމެހެއްޓެނިވި ޓޫރިޒަމާއި ހާއްސަކޮށް އެޑްވެންޗާ ޓޫރިޒަމްގެ ފުރުސަތުތައް ޕްރްމޯޓް ކުރުމަށް، ވިޒިޓް މޯލްޑިވްސްގެ އެމްބަސަޑަރަކަށް ޓެޒް އައްޔަންކުރީ މިދިޔަ ހަފުތާގަ އެވެ.

އަންނަ މަހުގެ 14 އާ ހަމައަށް ރާއްޖެ އަށް ކުރާ ދަތުރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗާ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ޓެޒް ތަޖުރިބާ ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބުންޏެވެ.

އަދި ދިވެހި ސަގާފަތާއި އާދަކާދަ ޕްރޮމޯޓުކޮށް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް، ދިވެހީންގެ ދިރިއުޅުމާއި އަދާކާދަ ޓެޒް ތަޖުރިބާކުރާނެ ކަމަށް ވެސް ވީއެމްސީން ބުންޏެވެ.

އިންސްޓަގްރާމްގައި 1.8 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބޭއިރު، މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސް އަށް އާ ބައިނަލްއަގުވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަތައް ގެންގޮސްދިނުމުގެ ފުރުސަތު ލިބޭނެކަމަށް ވީއެމްސީން ބުނެފައި ވެ އެވެ.

ނެޓްފްލިކްސްގެ "ވަން ޕީސް" ވަނީ މި ސްޓްރީމިން ޕްލެޓްފޯމް ކުރިން ނުދެކޭފަދަ ކާމިޔާބީއެއް ހޯދައިފަ އެވެ. މި ސީރީޒް ނެރުމާ އެކު، 84 ގައުމެއްގައި އެންމެ ގިނައިން ބަލާ ޝޯ އަށް ވެ، އޭގެ ކުރިން "ވެންސްޑޭ" އަދި "ސްޓްރޭންޖާ ތިންގްސް" އިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ.