ވިކްޓަރީގެ ރައީސް ހުސައި އާދަމް ފިޔަވައި، ބޯޑުގެ އެހެން ހުރިހާ މެންބަރުން އިސްތިއުފާ ދީ އަލުން އިންތިހާބަކަށް ދާން ޖެހިއްޖެ އެވެ.
20 އޯގަސްޓް 2025
ވިކްޓަރީގެ ރައީސް ހުސައި އާދަމް ފިޔަވައި، ބޯޑުގެ އެހެން ހުރިހާ މެންބަރުން އިސްތިއުފާ ދީ އަލުން އިންތިހާބަކަށް ދާން ޖެހިއްޖެ އެވެ.
ވިކްޓަރީގެ ބޯޑު އެންމެ ފަހުން އިންތިހާބު ކުރީ 2022 ގަ އެވެ. ހަތަރު އަހަރަށް އިންތިހާބު ކުރި ބޯޑުގެ ދައުރު ހަމަނުވަނީސް ބޯޑުގެ މެންބަރުން އިސްތިއުފާ ދިނީ އާ ބަޔަކާ ބޯޑުގެ ހިންގުން ހަވާލުކުރުމުގެ ގޮތުން ކަމަށް، އެ ބޯޑުން އިސްތިއުފާ ދިން މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު ވިދާޅުވީ
އޭނާ ވިދާޅުވީ، އެފްއޭއެމުން ބޭއްވި ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި އެ ކްލަބުން ބައިވެރި ނުވުމުން، ބޯޑުގެ ބައެއް މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދުނު ކަމަށެވެ.
އޭޕްރީލް އަދި މެއި މަހު އެފްއޭމުން ބޭއްވި ނުރަސްމީ މުބާރާތް، ލީގު ކަޕުގައި ބައިވެރިވާން ވިކްޓަރީން ފޯމު ހުށަހެޅި އެވެ. އެކަމަކު ފަހު ވަގުތު އެ ޓީމުން ބައިވެރިއެއް ނުވި އެވެ.
"ކްލަބްގެ އެ ނިންމުމާ މެދު ބައެއް މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނު. އެއީކީ ކުޅިވަރު ކުޅެން އުޅޭ ކްލަބެއްގައި ކަން ހިނގައިގެންވާނެ ގޮތެއް ނޫން. ވިކްޓަރީއަކީ ލިބޭ ކޮންމެ ފުރުސަތެއްގައި ކޮންމެ މުބާރާތެއްގައި ވާދަކުރަން އޮތް ކްލަބެއް. އެކަމަކު އެ މުބާރާތުގައި ބައިވެރި ނުވުމުން އެ ހިތްހަމަނުޖެހުން އޮތް،" ކުރީގެ ބޯޑު މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލުން އިންތިހާބަކަށް ގެންދަން ބޯޑު މެންބަރުން ބޭނުންވީ ފަންޑު ހޯދުމުގައި އޭރު އޮތް ބޯޑަށް ބައެއް ދަތިތައް ކުރިމަތިވެސް ވުމުން ކަމަށެވެ.
"ކްލަބުގެ އިންވެސްޓަރު ދުރަށް ޖެހިލީމަ ފަންޑްސް ހޯދުމުގައި ދަތިތައް ކުރިމަތިވި،" އޭނާ ވިދާޅުވި އެވެ.
ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ނުދީ ހުރުމުން، އެފްއޭއެމުން 2019 ގައި ސަސްޕެންޑް ކުރި ކްލަބް އެ ހާލަތުން ނެގުމުގައި ކުރީގެ ބޯޑުން މުހިންމު ދައުރެއް އަދާކުރި އެވެ. އަދި ދެވަނަ ޑިވިޝަނުގައި އޮތް ޓީމު އަލުން އެއްވަނަ ޑިވިޝަނަށް ކޮލިފައިކޮށް ދިނެވެ. އަދި މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން، އެ ބޯޑުން ވަނީ ސްކޮޑެއް ވެސް އެކުލަވާލައި ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފު ވެސް ހަމަޖައްސައިފަ އެވެ.
ކުރީގެ ބޯޑް މެންބަރު ވިދާޅުވީ، އެ ބޯޑުން ވިކްޓަރީގެ މަސައްކަތާ ދުރަށް ޖެހިލަނީ ބޮޑު ދަރަންޏެއް ނެތި ކަމަށެވެ.
"ކުޅުންތެރިޔަކަށް ދޭން ޖެހޭ މުސާރަ ނުދީއެއް ނޯންނާނެ. އަޅުގަނޑު އުއްމީދު ކުރަނީ ދެން ހަވާލުވާ ބޯޑުން ވެސް އެގޮތުގައި ވިކްޓަރީ ބާއްވާނެކަމަށް،" އޭނާ ވިދާޅުވި އެވެ. ވިކްޓަރީގެ ޖެނަރަލް ސެކްރެޓަރީ އިބްރާހިމް ރަމީޒު ވެސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
ވިކްޓްރީއާ ހަވާލުވަނީ މެމްބަރު ޝަރީފާއި، ނަޒީމް
އެފްއޭއެމްގެ މަގާމާ ހަވާލުވެ އުމޭރު ކުޅުން ހުއްޓާލައިފި
ނިއު އާއި ވިކްޓަރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން
އިތުރު ފަރުވާ އަށް ކައްޕި ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ
ގާނާގެ ހިދުމަތަށް ކީޕަރު އިމްރާންގެ ޝުކުރު
30 އަހަރަށް ފަހު ގާނާ ފީލްޑް މަސައްކަތާ ދުރަށް
ވިކްޓަރީގެ ބިންގާ ރަނގަޅު، ދެން އޮތީ ހިފެހެއްޓުން
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ދަނޑުގެ މާރާމާރީ:ހައްޔަރުކުރި 13 މީހަކު ދޫކޮށްލަައިފި
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި