Roadha Mihaaru

އަލްމަނާސިކް ގުރޫޕުން ޑިސެމްބަރު އަދި ރޯދަ މަހުގެ އުމްރާއަށް ރަޖިސްޓްރީވާން ހުޅުވާލައިފި

މި އަހަރުގެ ޑިސެމްބަރު މަހާއި އަންނަ އަހަރުގެ ރޯދަ މަހު އަލް މަނާސިކު ގްރޫޕުން އުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަލްމަނާސިކް ގުރޫޕުން އުމްރާއަށް ހުޅުވާލައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 އޯގަސްޓް 2025

މި އަހަރުގެ ޑިސެމްބަރު މަހާއި އަންނަ އަހަރުގެ ރޯދަ މަހު އަލް މަނާސިކު ގްރޫޕުން އުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ގްރޫޕުން ބުނީ ޑިސެމްބަރު މަހު އުމްރާއަސް ދާން ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ފަހު، ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ދަތުރުގައި ހަތަރު އުމްރާ ވުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށާއި އުމްރާއަށް ދާން ބޭނުންވާ އާއިލާތަކަށް އިތުރު އަގެއް ނެތި، ތިނެއް ނުވަތަ ހަތަރު މެމްބަރުންނަށް ވަކިން ކޮޓަރި ހަމަޖައްސައިދޭނެ ކަމަށް ވެސް ބުންޏެވެ.

އަލް މަނާސިކް ގްރޫޕުން ޑިސެމްބަރު އުމްރާއަށް ހުޅުވާލާފައި މި ވަނީ ޖުލައި މަހުގެ އުމްރާ ކާމިޔާބުކަމާ އެކު ނިންމާލުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ދަތުރުގައި ގިނަ އާއިލާތަކަކުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ބައިވެރިވި އެވެ.

ޖުލައި މަހުގެ އުމްރާވެރިންނަށް އެ ގްރޫޕުން ހައްޖުގެ އަޅުކަމަށް ހާއްސަކޮށް، ހައްޖުގެ އަޅުކަމުގެ މަނާސިކްތައް ދަސްކޮށްދިނުމަށް، ދެ ދުވަހުގެ ޓްރެިނިން ވޯކްޝޮޕެއް ހިންގި އެވެ. އަދި އުމްރާވެރިންނަށް ސަގާފީ ދަތުރެއް ހަމަޖައްސައިދީ، އެދަތުރުގައި، ހިރާ ފަރުބަދަ ކައިރީގައި ގާއިމުކޮށްފައިވާ "ރެވެލޭޝަން ސެންޓަރާއި" "ގުރުއާން ސެންޓަރަށް" ވަނީ ގެންގޮސްދީފަ އެވެ.

އަލް މަނާސިކް ގްރޫޕާ އެކު ދަތުރުކުރާ އުމްރާވެރިންނަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި މައްކާގައި އުމްރާވެރިންނަށް ހަރަމްފުޅު ކައިރިން ފެންވަރު ރަނގަޅު ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދިނުމާއި މައްކާގައި އުމްރާވެރިން ތިބޭ ދުވަސްވަރު، ދީނީ ދަރުސްތައް ދިނުން ހިމެނެ އެވެ. އެ ގްރޫޕުން ބުނީ އާއްމުކޮށް ގިނަ އަދަދެއްގެ އުމްރާވެރިން ކޮންމެ ދުވަހެއްގެ ދަރުސްގައި ވެސް ބައިވެރިވާ ކަމަށެވެ.

އަލް މަނާސިކް ގްރޫޕަކީ 24 ގަޑި އިރު ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ގްރޫޕެކެވެ. އެ ގްރޫޕުން މައްކާއިން މަދީނާއަށް ޓްރެއިނުގައި ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދެ އެވެ. އަދި އުމްރާދަތުރުގެ ހުރިހާ ބައިވެރިންނަށް، ރައުޟާއަށް ވަނުމުގެ ފުރުސަތު ހޯދައިދެ އެވެ.

އަލް މަނާސިކް ގްރޫޕަކީ ހައްޖާއި އުމްރާގެ ހިދުމަތްތައް 40 އަހަރު ދީފައިވާ ތަޖުރިބާކާރު ހިންގުންތެރިން ހިމެނޭ ގްރޫޕެކެވެ. މި ގްރޫޕަށް 2012 ވަނަ އަހަރު ސައުދީ ސަރުކަރުން ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސައިދިނުމުގައި ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދީފަ އެވެ. މިއީ މިހާތަނަށް ސައުދީ ސަރުކާރުން ދީފައިވާ އެވޯޑެއް މިހާތަނަށް ލިބިފައިވާ ރާއްޖޭގެ ހަމައެކަނި ގްރޫޕެވެ.

މި ގްރޫޕާ އެކު ޑިސެމްބަރު އުމްރާއަށް ދިއުމަށާއި އުމްރާ ދަތުރާއި ގުޅޭ އިތުރު މައުލޫމާތު 3317789 އަދި 7788651 ނަންބަރުން ލިބޭނެ އެވެ.