އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
10 އޯގަސްޓް 2025
އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސޯލްޓްސް އެންޑް ސޭންޑްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ސިވިލް ކޯޓުގައި ވެމްކޯއާ ދެކޮޅަށް ދައުވާކުރީ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ. އެއީ އެ ކުންފުނިން ވެމްކޯއަށް ސަޕްލައިކުރި މުދަލަށް ދައްކަން ޖެހޭ ފައިސާ އެވެ.
މި ދައުވާކުރުމާ އެކު ވެމްކޯއިން ވަނީ އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ތެރެއިން 115،428ރ. ކުރިން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ބުނެ ވެމްކޯއިން ކޯޓަށް ލިޔެކިޔުން ހުށަހެޅި އެވެ.
އެހެންވެ، ކޯޓުން ކަނޑައެޅީ އެ އަދަދު އުނިކުރުމަށް ފަހު، މުދަލަށްވާ ފައިސާގެ ބާކީ 1.16 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ވެމްކޯއިން ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ދައްކަން ޖެހޭ ފައިސާއެއްކަން ވެމްކޯއިން ގަބޫލުކުރާ ހާލަތުގައި އެ ފައިސާ ނުދައްކާ ތިބުމުގެ ސަބަބުން އަމިއްލަ ކުންފުނިން ކޯޓަށް ދާން ޖެހުމަށް ދިޔަ ހަރަދު ވެސް ވެމްކޯއިން ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ. އެއީ 50،000ރ. އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު އެކި ކުންފުނިތަކުގެ މައްޗަށް މިފަދަ ހުކުމްތައް އިއްވާފައިވެ އެވެ.
ހުޅުމާލޭ ބިމެއް 28.7 މިލިއަނަށް ފަލާހް ބައްލަވައިގެންފި
ވަގަށް މަސްވެރިކަންކުރި ބޯޓަކަށް ބޮޑު ޖޫރިމަނާއެއް!
ބިލުތަކާއި މަރާމާތަށް ފައިސާ ދައްކަން ހަލީމަށް ހުކުމެއް
އޭސީޕީ އައްޔަންކުރުން ހުއްޓުވި އަމުރު ބާތިލެއް ނުކުރި
ފާރުންބައެއް ވެއްޓުނު އީޑީސީ އިމާރާތް ތަޅާލަން ފަށައިފި
ވަގު ސިނގިރޭޓަށް 20 މިލިއަން ދައްކަން ހުކުމެއް
ކުޅުދުއްފުށީ ފަރުގައި އޮތް ބާޖު ނަގަން ކޯޓު އަމުރެއް
ގޯތި ވިއްކަނީ ކަޅުދިޔަފުއްޓަށް ނެގި ލޯނު ނުދެއްކިގެން
ކޭޕާކްގެ ހަތަރު އެޕާޓްމެންޓެއް ހަވާލުކުރަން ހުކުމެއް
ލާޖައްސައިގެން ހުޅުމާލެ 2 ގެ ބިމެއް ބީއެމްއެލް އަށް