Roadha Mihaaru

ފާރުން ބައެއް ވެއްޓުނު އީޑީސީގެ އިމާރާތް ތަޅާލަން ފަށައިފި

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ހިންގި އިމާރާތުން ބައެއް ވެއްޓި ހިނގި ހާދިސާއަށް ފަހު، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި އެވެ.

ފާރުންބައެއް ވެއްޓުނު އީޑީސީ އިމާރާތް ތަޅާލަން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

14 ސެޕްޓެމްބަރ 2025

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ހިންގި އިމާރާތުން ބައެއް ވެއްޓި ހިނގި ހާދިސާއަށް ފަހު، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި އެވެ.

ބޭނުން ނުކުރާތާ އެތައް އަހަރެއް ވެފައިވާ، ބިލަބޮން ސްކޫލު ކުރިމަތީގައި ހުންނަ އެ އިމާރާތުން ބޮޑު ބައެއް ވެއްޓުނީ މިދިޔަ މަހު 16 ވަނަ ދުވަހު އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އައި އިމާރާތުން ބައެއް ބެއްޓުމުގެ ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ބައެއް އުޅަނދުތަކަށް ވަނީ ގެއްލުން ވެފަ އެވެ.

ފާރުން ބައެއް ބެއްޓި ވެހިކަލްތަކަށް ގެއްލުންވި، އީޑީސީ އިމާރާތުން ބައެއް ވެއްޓިފައި.-- ފޮޓޯ: ނިޝަން އަލީ / މިހާރު

ފާރުން ބައެއް ބެއްޓި ވެހިކަލްތަކަށް ގެއްލުންވި، އީޑީސީ އިމާރާތުން ބައެއް ވެއްޓިފައި.-- ފޮޓޯ: ނިޝަން އަލީ / މިހާރު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ އިމާރާތުގެ ބައެއް "ކްރިޓިކަލް އޭރިއާތައް" މިހާރު ވެސް ތަޅާލާފައިވާ ކަމަށެވެ. އަދި ގާކުނޑި އަޅާނެ ޖާގަ ހަމަޖެހުމާ އެކު، މުޅި އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށް ވިދާޅުވި އެވެ.

"އިމާރާތުގެ ވަށައިގެން ބަންދުކޮށް މިހާރު އެހެރީ އެ ތަން ސެކިއުކޮށްފައި. މީހުންނަށް ވެސް ނުވަދެވޭނެ،" މުޖުތަބާ ވިދާޅުވި އެވެ.

ފާރުން ބައެއް ބެއްޓި ވެހިކަލްތަކަށް ގެއްލުންވި، އީޑީސީ އިމާރާތް .-- ފޮޓޯ: ނިޝަން އަލީ / މިހާރު

ފާރުން ބައެއް ބެއްޓި ވެހިކަލްތަކަށް ގެއްލުންވި، އީޑީސީ އިމާރާތް .-- ފޮޓޯ: ނިޝަން އަލީ / މިހާރު

އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލްގެ ބާ އިމާރާތް ވެސް ތެޅުމުގެ މަސައްކަތް ކޮށްދިނީ ވެމްކޯއިންނެވެ.

މިހާރު ތަޅާލަން ފަށާފައިވާ އީޑީސީ އިމާރާތަކީ މީގެ ކުރިން އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ކިޔެވުން ވެސް ބޭއްވި އެ އިމާރާތެކެވެ. އޭރު ވެސް ހުރީ އެ ތަން ހުރީ ވަރަށް ބޮޑަށް ބާވެ ރެނދުލާފަ އެވެ.