Roadha Mihaaru

މެމްބަރު ކުޑޫގެ ސުވާލުތަކަށް ނ. އަތޮޅު ކައުންސިލުން ރުންކުރު ޖަވާބެއް

ފަންގިވިނުމާއި ރޯނު ވެށުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު ހޯއްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސުވާލުތަކަށް، ނ. އަތޮޅު ކައުންސިލުން ރުންކުރު ޖަވާބެއް ދީފި އެވެ.

ކުޑޫގެ ސުވާލުތަކަށް އަތޮޅު ކައުންސިލްގެ ރުންކުރު ޖަވާބު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

02 އޯގަސްޓް 2025

ފަންގިވިނުމާއި ރޯނު ވެށުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު ހޯއްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސުވާލުތަކަށް، ނ. އަތޮޅު ކައުންސިލުން ރުންކުރު ޖަވާބެއް ދީފި އެވެ.

އެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ، ފަންގިވިނުމާއި ރޯނު ވެށުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމަކަށް ވުމާއި އަދި ރާއްޖޭގައި މިހާރު އެ މަސައްކަތް ކުރާ މިންވަރާއި އެކަން ދިރުވައި އާލާކުރާކުރުމަށް ކުރެވޭނެ ކަންކަމާ މެދު މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، މިދިޔަ މަހުގެ 20 ވަނަ ދުވަހު ފޮނުއްވި ސިޓީގައި ކުޑޫ އެދިވަޑައިގަތީ އެ އަތޮޅުގައި ފަންގިވިނެ/ރޯނު ވަށާ ރަށްރަށުގެ ތަފްސީލު އަދި ފަންގި/ރޯނު ވިއްކުމުގައި ހުންނަ މައިގަނޑު ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ވީ އެންމެ އަވަހަކަށް ހިއްސާކޮށްދެއްވުމަށެވެ.

އެ ސުވާލުތަކަށް، އޭގެ ހަތަރު ދުވަސް ފަހުން ދެއްވި ޖަވާބުގައި ބަޝީރު ފުރަތަމަ ވެސް ވިދާޅުވީ ކުޑޫ އެ މައުލޫމާތު ހޯއްދަވާފައިވާތީ ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންފައިވާ ކަމަށެވެ.

އޭގެ ސަބަބަކީ، ބަޝީރުގެ ސިޓީގައިވާ ގޮތުން ކުޑޫއަކީ އެމްޑީޕީގެ މަޖިލިސް މެމްބަރަކަށްވުން އަދި އެ ޕާޓީގެ ކަމަކާ ގުޅޭ ސިޔާސަތެއް އޮތްކަން ނުވަތަ ނެތްކަން އެނގިވަޑައިނުގަތުމެވެ.

މަލްޓި ޕާޓީ ނިޒާމެއްގައި އެ މައުލޫމާތު ހޯއްދަވައިގެން ވެސް ކުޑޫ އަށް ކުރެއްވޭނެ ކަމަކީ ކޮބައިތޯ، އެމްޑީޕީގެ ޓިކެޓުގައި އެ މަގާމަށް އިންތިހާބުވެވަޑައިގެން އަދި ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންނެވި ބަޝީރު ސުވާލު އުފެއްދެވި އެވެ.

ބަޝީރު ވިދާޅުވިގޮތުގައި، އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ހުރިހާ ފަޅުރަށެއް "ވިއްކާފައިވާތީ" ރޯނު ހޯދުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ.

"ފަނާއި ރޯނަކީ ދިވެހި ރުކުން ލިބޭ ތަކެތީގެ އުފެއްދުންތަކެކެވެ. ފަން ބޮނޑި ހޯދަނީ ފަޅު ރަށްރަށުންނެވެ. މިހާރު ރުއް ހުރީ ފަޅު ރަށްރަށުގަ އެވެ. ހުރިހާ ފަޅު ރަށެއް ދިގު މުއްދަތެއް އެމްޑީޕީ ސަރުކާރުން ވިއްކާތީ ހުއްޓާލުމަށް އެދުނީ މިފަދަ ވަސީލަތްތައް ރައްޔިތުންނަށް ގެއްލިދާތީ އެވެ. ރަށްރަށް ވިއްކަމުން ދިޔައީ ވަގަށް ސިއްރުންނެވެ،" ސޯޝަލް މީޑިއާގައި ބަޝީރު އަމިއްލަ ހިއްސާކުރި ސިޓީގައިވެ އެވެ.

"އެ ރަށްރަށުގައީ ހުރީ ކިތައް ރުއްތޯ، އޭގެން ކައިގެން ބޮއިގެން އުޅެނީ ކިތައް ރައްޔިތުންތޯ ބެލުމެއް ނެތި އެ ރަށްރަށް، ގުދުރަތީ ވަސީލަތްތައް ވިއްކާ ހުސްކޮށްފައި، ދިމާވާ ދަތީގެ ވާހަކަ ނޭއްސެވުން އެދެމެވެ. ޖަވާބު އެނގިލައްވާނެ އެވެ،"

ބަޝީރުގެ އެ ޖަވާބާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ. އެއާ އެކު، އެ މައްސަލަ ބެލުމަށް އެލްޖީއޭއަށް ގޮވާލާފައިވެ އެވެ.

އަޖުވަދު އަމީން ނަމަކަށް ކިޔާ މީހަކު، ބަޝީރަށް ދިން ރައްދުގައި ބުނީ އަތޮޅު ކައުންސިލްގެ ޕްލެޓްފޯމަކީ ބަޝީރުގެ އަމިއްލަ މަސައްކަތްކުރުމަށް އޮތް ތަނެއް ނޫން ކަމަށެވެ. އަދި އެއީ ލަދުވެތި ޖަވާބެއް ކަމަށް އޭނާ ބުންޏެވެ.

"ކައުންސިލްގެ ލެޓަހެޑުގައި އަމިއްލަ އެޖެންޑާ އިސްކޮށް، ސަރުކާރުގެ އޮފިޝަލަކާ ތި ގޮތަށް މުހާތަބުކުރުމަކީ ހިތާމަހުރި ކަމެއް،" އަޖުވަދުގެ ޕޯސްޓުގައިވެ އެވެ.

މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހާރޫން ވެސް ވިދާޅުވީ ނ. އަތޮޅުގެ ރައްޔިތުންނަކީ އެ އަށް ވުރެ އަހުލާގު ރަނގަޅު ބައެއް ކަމަށެވެ.

"އަތޮޅު ކައުންސިލް ލެޓަހެޑް ބޭނުންކުރަން ވާނީ ރައްޔިތުން ތަމްސީލުކުރުމުގައި. މިއީ ދެރަވަރު،" ހާރޫން ވިދާޅުވި އެވެ.