23 މާޗް 2017
ބާލިން (މާޗް 23) - ޖަރުމަނު ގައުމީ ޓީމަށް ލޫކަސް ޕޮޑޯލްސްކީ ކުޅެދިން ވަދާއީ މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑުން 1-0 އިން އިންގްލެންޑް އަތުން ޖަރުމަން މޮޅުވެއްޖެ އެވެ.
ބާލިން (މާޗް 23) - ޖަރުމަނު ގައުމީ ޓީމަށް ލޫކަސް ޕޮޑޯލްސްކީ ކުޅެދިން ވަދާއީ މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑުން 1-0 އިން އިންގްލެންޑް އަތުން ޖަރުމަން މޮޅުވެއްޖެ އެވެ.
ޕޮޑޯލްސްކީ ޖަރުމަން ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިނީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަކީ ގަވާއިދުން ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ރޭގެ މެޗުގައި އުމުރުން 31 އަހަރުގެ ޕޮޑޯލްސްކީ ކާމިޔާބުކުރި ލަނޑަކީ ޖަރުމަނު ޓީމަށް 130 މެޗުން އޭނާ ކާމިޔާބު ކޮށްދިން 49 ވަނަ ލަނޑެވެ.
"މިދިޔަ 13 ވަރަކަށް އަހަރު އަހަރެއް ގައުމީ ޓީމުގައި ހޭދަކުރި ކޮންމެ ދުވަހަކާ މެދު ފަހުރުވެރިވަން. އެންމެ އުފާވަނީ ގައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި ވެސް ޓީމު މޮޅުކޮށްދިނުމުގެ ހިތްހަމަ ޖެހުން ލިބުމުން. މިއީ ފިލްމެއްގައި ނޫނީ ނިމުން އަންނާނެ ގޮތެއް ނޫން،" ޕޮޑޯލްސްކީ ބުންޏެވެ.
ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅުނީ އިންގްލެންޑުންނެވެ. މި ހާފްގައި އެ ޓީމުގެ މިޑްފީލްޑަރު އެޑަމް ލަލާނާ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. މިދިޔަ އަހަރު އިންގްލެންޑް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލަލާނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެ ވަނަ ހާފްގައި ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތަކެއް ލިބިގެންދިޔަ އެވެ. ޖަރުމަނު މޮޅުކޮށްދިން ލަނޑު ޕޮޑޯލްސްކީ ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯ ހާޓަށް މަތައެއް ނުކުރެވުނެވެ.
މިއީ 1987 ވަނަ އަހަރުގެ ފަހުން ޖަރުމަނަށް އަމިއްލަ ގައުމުގައި އިންގްލެންޑް އަތުން ހޯދުނު ފުރަތަމަ މޮޅެވެ. މިދިޔަ އަހަރުގެ މާޗް މަހު މި ދެ ޓީމު ކުޅުނު މެޗުން އިންގްލެންޑް ފަހަތުން އަރައި މޮޅުވީ 3-2 އިންނެވެ.
ރޭގެ މެޗަކީ އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓްގެ ކޯޗުކަމުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މެޗަށް ފަހު އޭނާ ބުނީ ބަލިވިޔަސް މިއީ ވަރަށް ގިނަ ކަންތައްތަކާ ހިތްހަމަ ޖެހޭ މެޗެއް ކަމަށެވެ.
"ހަމައެކަނި މައްސަލަ އަކީ ނަތީޖާ ނުނެރެވުން. އެހެން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް. މި މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތައް އެހެން މެޗެއްގައި ބޭކާރެއް ނުވާނެ. އެ ކަންކަމަށް ވިސްނާއިރު މި މެޗުން ނެގޭނެ ރަނގަޅު ކަންތައްތައް ގިނަ،" ސައުތުގޭޓް ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް އަންނަ އާދިއްތަ ދުވަހު ވެމްބްލީގައި ކުޅޭނީ ލިތުއޭނިއާއާ އެވެ.
ޖަރުމަން ޓީމުގެ ތާރީހީ ރެކޯޑެއް ފްލިކް މުގުރާލައިފި
އިންގްލެންޑް މޮޅުވިއިރު ޖަރުމަން ބަލިވެއްޖެ
ބްރެޒިލް އަތުން ބަލިވެ ޖަރުމަނުގެ ރެކޯޑް ނިމުމަކަށް
ޖަރުމަނާއި އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
އިންގްލެންޑާއި ޖަރުމަނަށް މުހިއްމު މޮޅެއް
އިންގްލެންޑް މިސާލު ނަގަންވީ ޖަރުމަނުގެ ކިބައިން: ކޯޗު
ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ސަޕޯޓަރުންނަށް ރައިސް އާއި ގްރީލިޝް ވީ ހަތުރުންނަށް