Roadha Mihaaru

އާރްއޭސީއެލްގެ އެމްޑީގެ މަގާމުން މުބީން އިސްތިއުފާ ދެއްވައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އާރްއޭސީއެލް އެމްޑީ މުބީން އިސްތިއުފާ ދެއްވައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވި އިރު އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް އޭނާ މަގާމުގައި ހުންނަވައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އޭނާ މަގާމުން އިސްތިއުފާދެއްވާފައިމިވަނީ، އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތްތައް ނިންމައި، އާރްސީއެލްގެ އެމްއޭސީއެލްގެ ދަށަށް ކުރިއަށް އޮތް ދެ ތިން މަސްތެރޭ ގެނެވޭނެ ކަމަށެވެ. އެކަމުގެ ގިނަ މަސައްކަތްތައް މިވަގުތު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. ޕީސީބީން އެންމެ ފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގެ ކުންފުނިތަކުގެ މާލީ ހިސާބުތަކެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާއާ ހަމައަށް އެ ކުންފުންޏަށް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކުންފުނީގެ ހިންގުން ހަމަޖައްސަން 2023 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރި އެވެ.