އިންޑިއާ ސަރުކާރުން ރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފަށް 72 ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.
25 ޖުލައި 2025
އިންޑިއާ ސަރުކާރުން ރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފަށް 72 ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މަޝްވާރަތަކަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތުމުގެ ގޮތުން ރަމްޒީ ތަޅުދަނޑިއާ ހަވާލުވެ ވަޑައިގެންފަ އެވެ.
ތަޅުދަނޑި ހަވާލުކޮށްދެއްވީ ބޮޑުވަޒީރު މޯދީ އެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ބައެއް އުޅަނދުތައް.
އެ ރަސްމިއްޔާތުގައި އުޅަނދުފަހަރުތައް ރާއްޖެއަށް ހަވާލުކުރިކަމުގެ ރަމްޒީ ތަޅުދަނޑި ރައީސާ ހަވާލުކޮށްދެއްވީ އެ ގައުމުގެ ބޮޑުވަޒީރެވެ.
މިއީ މި އަހަރުގެ ކުރީކޮޅުޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހާ އެކު ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ދޭން ނިންމި ވެހިކަލްތަކެކެވެ.
އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރި އުޅަނދުތައް:
- 27 ގޮނޑީގެ އަށް ބަސް
- 10 ޕިކަޕް
- ކުޑަ 10 ވޭން
- 10 ވޭން
- ފަަސް ލޮރީ
- އަށް ޓްރެކްޓަރު
- ހަތަރު ޓިޕާ ޑަމްޕް ޓްރަކް
- ހަތަރު ބެކްހޯ ލޯޑަރު
- ދެ ކެރޭން
- ހަ މިނީ އެކްސްކަވޭޓަރު
- ފަސް އެކްސްކަވޭޓަރު
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ބައެއް ވެހިކަލް.
އިންޑިއާއިން ބުނީ މި ވެހިކަލްތައް ހަދިޔާ ކުރުމަކީ ދެ ގައުމުގެ ދެމެދުގައި ވަރުގަދަވަމުންދާ ގުޅުމުގެ ރަމްޒެއް ކަމަށެވެ. މި ވެހިކަލްތަކުގެ ސަބަބުން ރާއްޖޭގެ ސިފައިންގެ ގާބިލުކަން އިތުރުވާނެ ކަމަށް ވެސް ބުންޏެވެ.
މޯދީގެ ދަތުރުފުޅުގައި މިއަދު ވަނީ މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދޭ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން ވެސް ހިމެނެ އެވެ.
ޗައިނާއިން ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމެއް!
"އިންޑިއާއަކީ ތަރައްގީގެ އިތުބާރުކުރެވޭ ބައިވެރިއެއް"
ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު މޯދީ ފުރާވަޑައިގެންފި
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ދީފި
ޑިފެންސްގެ އާ އިމާރާތަކީ ދޮށިމޭނާ ބިލްޑިންގު
އެލްއޯސީގެ ރީޕޭމެންޓް ދެއްކުމަށް ލުއި ދީފި
ބީއެމްއެލްގައި ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި
އިންޑިއާގެ އެހީގައި ހެދި 4،000 ފްލެޓް ހަވާލުކޮށްފި
565 މިލިއަން ޑޮލަރުގެ އެލްއޯސީއެއްގައި ސޮއިކޮށްފި
ރާއްޖެ-އިންޑިއާ 8 އެއްބަސްވުމެއްގައި ސޮއިކޮށްފި