Roadha Mihaaru

އިންޑިއާއިން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް

އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީއެއް ދީފި އެވެ.

565 މިލިއަން ޑޮލަރުގެ އެލްއޯސީއެއްގައި ސޮއިކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

25 ޖުލައި 2025

އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީއެއް ދީފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ. އެކަމުގެ އެއްބަސްވުމާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމާ ހަވާލުވެވަޑައިގަތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އޭގެ ތެރޭގައި ޑިފެންސާއި ކުޅިވަރުގެ ދާއިރާ އާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް ހޭދަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ވެސް އިންޑިއާ ސަރުކާރުން ދިން 878 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މުހިންމު ގިނަ މަޝްރޫއުތަކެއް ހިންގާފައިވެ އެވެ. ކުރީ ސަރުކާރުގެ ފަސް އަހަރުގައި އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކް) އިން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އޭގެ ތެރޭގައި ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނެގި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނު ހިމެނެ އެވެ.

ރައީސް ވިދާޅުވީ، އިންޑިއާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް ފެށުމަކީ ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ދެގައުމުގެ ގުޅުމަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ލައިން އޮފް ކްރެޑިޓްގެ ތެރެއިން، އެންމެ ބޮޑު އިސްކަމެއް ދޭނީ އާންމުންނަށް އޭގެ = ފައިދާ އެންމެ ބޮޑު މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އެގޮތުން ލައިން އޮފް ކްރެޑިޓްގެ ދަށުން މިއަދު ވަނީ އައްޑޫގައި މަގު ހެދުމުގެ މަޝްރޫއުއެއްގައި ވެސް ސޮއިކޮށްފަ އެވެ.