އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ޖަނާޒާ މިއަދު ބާއްވަން ނިންމައިފި އެވެ.
24 ޖުލައި 2025
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ޖަނާޒާ މިއަދު ބާއްވަން ނިންމައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާން މަރުވީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ ބޮލަށް ދީފައިވާ އަނިޔާތަކުގައި މަރުވި މައްސަލައިގެ ތަހުގީގުގައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން މިދިޔަ އަންގާރަ ދުވަހު އިންޑިއާއަށް ގެންދިއުމަށް ފަހު ގެނައީ ރޭގެ ވަގުތެއްގަ އެވެ.
އަބްދުއްރަހުމާންގެ ކަށުނަމާދު ބާއްވަނީ މިއަދު މެންދުރު ނަމާދަށް ފަހު، އާ ސަހަރާ މިސްކިތުގަ އެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު އއ. މާޅޮހުން މާލެ ފޮނުވައިލުމަށްޓަކައި ބޮޑީބޭގަށް ލައިގެން ލޯންޗަށް އަރުވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހްމާންގެ މަރަށް ދެ ހަފްތާ ވެފައި ވާއިރު މިހާތަނަށް ތަހުގީގުގައި ކުރިއެރުމެއް ލިބުނުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި މި މައްސަލައިގައި ތުހުމަތުވާ މީހަކު ވެސް އަދި ނެތެވެ. ތަހުގީގުގެ ތެރެއިން ފުލުހުން މީގެ ކުރިން ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ. ނަމަވެސް އެ ފޯނު ވެސް މިހާރު ވަނީ ނާޒިމާއާ ހަވާލުކޮށްފައި ކަމަށް އެނގިފައިވެ އެވެ.
އަބްދުއްރަހުމާނަށް ހަމަލާދިން އިރު ގޭގައި އެ ދުވަސްވަރު ދިރިއުޅެނީ އޭނާ އާއި އަނބިމީހާ ނާޒިމާ އެކަންޏެވެ.
ނާޒިމާ ބުނެފައިވާ ގޮތުގައި ހަމަލާދޭން ގެއަށް ވަން ކަމަށް ބެލެވޭ ބައެއް ނުވަތަ މީހެއްގެ ފައިގެ ނިޝާން އެރޭ އޭނާއަށް ފެނުނެވެ.
މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދޭނެ ބަޔަކު އެ ރަށަކު ނޫޅޭނެ އެވެ. އަދި އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީ އެއް ބަޔަކު ގަބޫލުކުރަނީ އެފަދަ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށް ކަމަށެވެ.
އަބްދުއްރަހުމާން އުޅުނު ގެ ހުންނަނީ މާޅޮހުގެ ހުރަސްމަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކު ސިއްރުން ދަންވަރު ގަޑީގައި އެ ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުރުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.
އޮޓޮޕްސީން އާ ކަމެއް ނުފެނުނު، ކުރިއެރުމެއް ނެތް!
އަބްދުއްރަހުމާން މަރަށް ހަފުތާއެއް، ކުރިއެރުމެއް ނެތް!
އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ރަށަށް ބަޔަކު އަރައި މަރާލީ ކަމުގެ ޝައްކު ބޮޑުވެއްޖެ!
މިރަށުން ކުރާ ޒާތުގެ ކަމެއް ނޫން، ސަބަބެއް ވެސް ނެތް
ވިޝާމް، ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި