Roadha Mihaaru

ރައީސްގެ ދައުވަތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާކަން ރައީސް އޮފީހުން މިއަދު އިއުލާނުކޮށްފި އެވެ.

ބޮޑުވަޒީރު މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާކަން ރައީސް އޮފީހުން މިއަދު އިއުލާނުކޮށްފި އެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވާ ކަމުގެ ރިޕޯޓްތައް މީޑިއާގައި ކުރިން ދައުރުވެފައި ވިޔަސް އެއްވެސް ގައުމަކުން މިކަން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ.

ރައީސް އޮފީހުން ބުނީ މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25-26 އަށް ކަމަށެވެ.

"މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ އެވެ." ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މި ދަތުރާއި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ކަމެކެވެ." ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

މިއީ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.