ގައުމީ ޓީމުތަކަށް އެތުލީޓުން ނެގުމުގައި ކޯޗުން ގެންގުޅޭ ތަފާތުކުރުމާއި ގައުމީ ކޯޗުން އައްޔަން ކުރުމުގައި ބައެއް އެސޯސިއޭޝަން އަމަލުކުރާ ގޮތް މިދިޔަ ހުކުރު ދުވަހު "މިހާރު" ގައި ޕަބްލިޝް ކުރި ރިޕޯޓުގައި ގެނެސް ދީފައި ވާނެ އެވެ.
14 ޖުލައި 2025
ގައުމީ ޓީމުތަކަށް އެތުލީޓުން ނެގުމުގައި ކޯޗުން ގެންގުޅޭ ތަފާތުކުރުމާއި ގައުމީ ކޯޗުން އައްޔަން ކުރުމުގައި ބައެއް އެސޯސިއޭޝަން އަމަލުކުރާ ގޮތް މިދިޔަ ހުކުރު ދުވަހު "މިހާރު" ގައި ޕަބްލިޝް ކުރި ރިޕޯޓުގައި ގެނެސް ދީފައި ވާނެ އެވެ.
އެ ރިޕޯޓަށް އިންޓަވިއު ދިން ތަޖުރިބާކާރުން ހުށަހެޅި އެއް ހިޔާލަކީ ގައުމީ ޓީމުތައް ނެގުމަށް ސެލެކްޝަން ކޮމިޓީތައް އުފެއްދުމެވެ.
މި މައުލޫގައި ބައެއް އެސޯސިއޭޝަންތަކުގެ އޮފިޝަލުންގެ ހިޔާލު ތަފާތެވެ. ގައުމީ ޓީމު ސެލެކްޝަން ކޮމިޓީ ހަރަކާތްތެރި ކުރުވުމަކީ ޓީމު ކުޅިވަރުތަކުގައި ކުރެވިދާނެ ކަމެއްގެ ގޮތުގައި ހުރިހާ ބޭފުޅުން ވެސް ދެކެ އެވެ. ސުވާލު އުފައްދަނީ އިންޑަވިޖުއަލް ކުޅިވަރުތަކުގައި ސެލެކްޝަން ކޮމިޓީ ދައުރު އަދާކުރެވިދާނެކަމާ މެދު އެވެ.
އެކަމަކު ދިވެހި ކުޅިވަރުގެ އިލްމީ ތަޖުރިބާކާރު މުހައްމަދު ވަހީދު (މޯޑް) ބުނީ އިންޑަވިޖުއަލް އަދި ޓީމު ސްޕޯޓްސްތަކުގައި ގައުމީ ޓީމު ސެލެކްޝަން ކޮމިޓީ އަށް ދައުރު އަދާކުރެވޭނެ ކަމަށެވެ.
ގްރީސްގައި އޮލިމްޕިކް ސްޓަޑީޒްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހަދަމުންދާ މުހައްމަ ވަހީދު، ކްލާސް ރޫމްގައި ޕްރެޒެންޓޭޝަނެއް ކުރިއަށްގެންދަނީ
ސްޕޯޓްސް މެނޭޖެމެންޓް ދާއިރާއިން ދެކުނު ކޮރެއާގެ ސޯލް ޔުނިވަސިޓީން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މޯޑު ބުނީ ގައުމީ ޓީމު ސެލެކްޝަން ކޮމިޓީތަކަކީ ހަމައެކަނި ޓީމަށް އެތުލީޓުން ހޮވާ ކޮމިޓީ އެއް ނޫން ކަމަށެވެ. އެ ކޮމިޓީގެ ދައުރު އެއަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ބުންޏެވެ.
މޯޑު ބުނީ އިންޑަވިޖުއަލް އަދި ޓީމު ކުޅިވަރުތަކުގައި ވެސް ސެލެކްޝަން ކޮމިޓީއެއްގެ ދަށުން މަސައްކަތް ކުރެވިދާނެ ކަމަށެވެ.
އޭނާ ބުނީ އިންޑިވިޖުއަލް ކުޅިވަރުތަކުގައި ޓްރަޔަލްތަކުން ގައުމީ ޓީމު ނެގިޔަސް، ސެލެކްޝަން ކޮމިޓީ އަށް އަދާކުރަންޖެހޭ ދައުރު ކުޑަ ނުވާނެ ކަމަށެވެ.
"ސެލެކްޝަން ކޮމިޓީގެ ދައުރަކަށް ވާނީ ހަމައެކަނި ގައުމީ ޓީމުގެ ސެލެކްޝަން ހެދުމެއް ނޫން. މުބާރާތަށް ފަހު ޕާފޯމަންސް އެނަލިސިސް އަށް ބަލަން ޖެހޭނެ. ރިޒަލްޓް އެޗީވް ނުވިނަމަ ކޯޗުންނާ ސުވާލުކޮށް ދެނެގަންނަންޖެހޭނެ ކީއްވެގެންތޯ ޕާފޯމަންސް ދަށް ވީ،" ގްރީސްގެ ޕެލޮޕޮނީޒް ޔުނިވަސިޓީން އޮލިމްޕިކް ސްޓަޑީޒް އަދި އޮލިމްޕިކް އެޑިއުކޭޝަން އަދި އޮގަނައިޒޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހަދަމުންދާ މޯޑު ބުންޏެވެ.
"އިންޑަވިޖުއަލް ސްޕޯޓްސްގައި ވެސް ކޯޗު ޖެހޭނެ މުބާރާތަށް ފަހު ޓެކްނިކަލް އަދި ޕާފޯމަންސް ރިޕޯޓް ކޮމިޓީ އަށް ހުށަހަޅަން. ކޯޗު ވެސް ޖެހޭނެ ކޮމިޓީ އަށް ޖަވާބުދާރީވާން. މުބާރާތުގައި ޕާފޯމަންސް ދަށްނަމަ ކޮމިޓީން ނިންމާނެ ކޯޗުގެ ޓެންޔާ [ދައުރު] ކުރިއަށްގެންދާނީތޯ ނުވަތަ ނޫންތޯ."
ކުޅިވަރުގެ މަތީ ފާހެއް ހަންގޭރީން ވެސް ހާސިލު ކުރި މޯޑު ބުނީ ކުޅިވަރުތަކުގައި ގައުމީ ޓީމު ނެގުމުގައި ހެޑް ކޯޗުގެ މަޝްވަރާ ކޮމިޓީން ހޯދާނެ ކަމަށެވެ. އަދި ކޮމިޓީ އަށް ޖަވާބުދާރީ ވުމާއި މުބާރާތަށް ފަހު ޕާފޯމަންސް އަދި ޓެކްނިކަލް ރިޕޯޓް ކޮމިޓީ އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"ކޮމިޓީ މަސައްކަތް ކުރަންޖެހޭނީ މިނިވަން ކަމާ އެކު،" އޭނާ ބުންޏެވެ.
ކޯޗުން ޒިންމާދާރު ކުރެވޭނެ ގޮތެއް ރާއްޖޭގެ ކުޅިވަރުގައި ނެތެވެ. ބައެއް އެސޯސިއޭޝަންތަކުގައި ކޯޗުން ތިބެނީ އުމުރަށް މަގާމުގައި ހަރުލައިފަ އެވެ. ނަތީޖާ ދަށްވިޔަސް ނުވަތަ އެކަށީގެންވާ ކުރިއެރުމެއް ނުލިބުނަސް އޭނާ މަގާމަކަށް ލޮޅުމެއް ނާރަ އެވެ.
އެކަމަކު ކޯޗާ ވެސް ސުވާލުކޮށް ޒިންމާދާރު ކުރެވޭނެ ނިޒާމެއް ގައުމީ ސެލެކްޝަން ކޮމިޓީތަކުން ހޯދޭނެ ކަމަށް މޯޑު ދެކެ އެވެ.
17 އަހަރުންދަށުގެ ކޯޗުކަމަށް؛ ނާދު، ސޮބާ، ފަރިއްޓޭ، ޝާޑް
ގައުމީ ކޯޗުން އެކަޑެމީތަކަށް ހުސްވުމުގެ ގެއްލުން ބޮޑު؟
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ގެއްލިގެން ހޯދަނީ
ރާއްޖޭ ކުޅޭ ގޭމް ވެސް ބަންގްލަދޭޝްއިން ދަސްކުރި
ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި
އުމުރުން 29 އަހަރުގައި އާއްކޮ ރިޓަޔާކޮށްފި
ކުޅުންތެރިން އަމިއްލައަށް މަސައްކަތްކުރަންޖެހޭ: މޮރިއޭރޯ
ރާއްޖެ ބަލިވުމުގެ ފަހަތުގައިވާ ސަބަބުތައް
ދިވެހި ކޯޗިން ޓީމާމެދު އޮތް އިތުބާރު ބޮޑު
"ޖާޒިއާ" ގުޅިގެން "މިހާރު" އިން ސާފް ޖާޒީއެއް