އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަންހެނުން ނިކަމެތިކޮށް އެ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އިންސާނިއްޔަތާ ހިލާފް އަމަލުތަކެއް ކަމަށް ބުނެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ހުށަހެޅުއްވި މައްސަލައިގައި ތާލިބާނުންގެ ވެރިން ހައްޔަރުކުރުމަށް މިއަދު އެ ކޯޓުން އަމުރު ނެރެފި އެވެ.
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަންހެނުން ނިކަމެތިކޮށް އެ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އިންސާނިއްޔަތާ ހިލާފް އަމަލުތަކެއް ކަމަށް ބުނެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ހުށަހެޅުއްވި މައްސަލައިގައި ތާލިބާނުންގެ ވެރިން ހައްޔަރުކުރުމަށް މިއަދު އެ ކޯޓުން އަމުރު ނެރެފި އެވެ.
ފަނޑިޔާރުން ވިދާޅުވީ ތާލިބާނުންގެ އެންމެ އިސް ލީޑަރު ހިބަތުﷲ އަޚުންދްޒާދާ އާއި އުއްތަމަ ފަނޑިޔާރު އަބްދުލް ހަކީމް ހައްގާނީ، ޖިންސީ ގޮތުން ތަފާތުކުރުންތައް ގެންގުޅެ އަންހެނުންނާ މެދު އަނިޔާވެރިވަމުންދާ ކަމުގެ ޝައްކު އުފެދޭ އެކަށީގެންވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"ތާލިބާނުން މުޅި އާބާދީއަށް ވަކި ކަންތައްތަކެއް މަނާކޮށްފައި ވާއިރު ވަކިން ހާއްސަކޮށް އަންހެން ކުދިންނަށާއި އަންހެނުންނަށް، އެ މީހުންނަކީ އަންހެނުންނަށް ވީތީ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލޭ ގޮތަށް ވަކިން ހަރުކަށި ފިޔަވަޅުތައް އަޅާފައިވޭ،" މި މައްސަލައިގައި ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އައިސީސީގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި ތާލިބާނުން ވަނީ އަންހެން ކުދިންނާއި އަންހެނުންގެ ތައުލީމާއި ޕްރައިވެސީ އަދި އާއިލީ ދިރިއުޅުމުގެ ހައްގުތަކުގެ އިތުރުން ހިނގާބިނގާވެ އުޅުމާއި ހިޔާލު ފާޅުކުރުމާއި ވިސްނުމާއި ދީނުގެ މިނިވަންކަން ވަރަށް ބޮޑަށް ނިގުޅައިގެންފަ އެވެ. މީގެ އިތުރުން، މީހުންގެ ޖިންސީ ނިސްބަތް އެ މީހަކު ބޭނުންހާ ގޮތަކަށް ކަނޑައެޅުން މަނާކޮށްފައި އޮންނާތީ އެކަން ވެސް އެއީ ޖަރީމާއެއްގެ ގޮތުގައި އައިސީސީން ބަލާފައިވެ އެވެ.
އެ ކޯޓުން ބުނީ މިއީ އޯގަސްޓް 15، 2021 ގައި ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު އަލުން ދިޔަ ހިސާބުން ފެށިގެން މިދިޔަ ޖެނުއަރީ 20 އާ ހަމައަށް ހިންގާފައިވާ އަމަލުތައް ކަމަށެވެ.
އައިސީސީ އަކީ އެންމެ ނުރައްކާތެރި ޖަރީމާތަކުގެ ގޮތުގައި ބަލަމުން އަންނަ، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމަށް އުފައްދާފައިވާ ކޯޓެކެވެ. އެ ކޯޓަކީ އަމިއްލަ ފުލުހުން ނެތް، ކޯޓުގެ އަމުރުތައް ތަންފީޒުކުރުމުގައި އެ ކޯޓުގެ މެންބަރު 125 މެމްބަރު ގައުމަށް ބަރޯސާވާ ތަނެކެވެ. އެހެންވެ އަމުރުތަކާ ގުޅިގެން އެކި ފަހަރު ނުކުންނަ ނަތީޖާ ތަފާތެވެ.
ހައްޔަރުކުރުމުގެ އަމުރެއް ނެރެފި ނަމަ، އައިސީސީ އެއްވެސް މެންބަރު ގައުމަކަށް އެ މީހަކު ދަތުރު ނުކުރާނެ ކަމަށް އާންމު އުސޫލުގެ ދަށުން އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެއީ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށެވެ.
އަންހެނުންގެ މައްސަލައިގައި އަފްޣާން ވެރިން އައިސީސީއަށް
ތައުލީމް ދިނުމާގުޅޭ ސަމިޓްގައި ތާލިބާން ބައިވެރިއެއްނުވި
ތާލިބާނުން އަންހެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްފި
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ
މިއީ ތާލިބާނުންނާ މުއާމަލާތުކުރެވޭ ފަދަ ވަގުތެއް ނޫން
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަފްޣާނު މަޖިލީހުގެ ކުރީގެ އަންހެން މެންބަރު މަރާލައިފި
އެހީ ދޭ އިދާރާތަކުގައި އަންހެނުން މަސައްކަތްކުރުން މަނާ
ތާލިބާނުންގެ ނިންމުން ބަދަލުކުރުމަށް ސައޫދީން ގޮވާލައިފި