ފަނޑިޔާރަކު މަގާމުން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ އަށް މަގާމުން ވަކިވިޔަސް، ވަކި މުއްދަތެއް ވަންދެން އެ ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ފަނޑިޔާރަކު މަގާމުން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ އަށް މަގާމުން ވަކިވިޔަސް، ވަކި މުއްދަތެއް ވަންދެން އެ ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެ އިސްލާހު ހިމަނާފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގެ ބިލްގަ އެވެ.
އޭގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކުރުމުގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް މުރާޖައާ ކުރަން ކަމަށް ވެސް ބިލުގައިވެ އެވެ.
ވަކި މުއްދަތެއް ވަންދެން ފަނޑިޔާރަކު މަސައްކަތްކުރި ކޯޓެއްގައި ވަކާލާތުކުރުން މަނާވަނީ އެ ގާނޫނުގެ 30 ވަނަ މާއްދާގަ އެވެ.
އެ މާއްދާގައި ބުނަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ވަކިކޮށްފި ނަމަ އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރު ވަންދެން، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ފަނޑިޔާރުކަަން ކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭނެ ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރުކަމުގައި ހުންނަވައި ބަލާފައިވާ މައްސަލައެއްގައި އޭނާގެ މަސްލަހަތު ފުށުއަރާ ފަދަ ހާލަތެއް ދެމި އޮތްއިރު، އެ މުއްދަތު ފަހަނައަޅައި ދާއިރު ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރު ނުވެވޭނެ ކަމަށް ވެސް ބުންޏެވެ.
ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން، ފަނޑިޔާރަކު ވަކިވާ ދުވަހުން ފެށިގެން ކޯޓުތަކުގައި ވަކާލާތުކުރެވެ އެވެ. އޭގައި އެއްވެސް ހުރަހެއް ނޯވެ އެވެ.
ފަނޑިޔާރުންނަށް ރައީސަށް މަރުހަބާކިޔަން ނިކުމެވޭނެ
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ފަނޑިޔާރުން ނަމޫނާ ދައްކަވަން އިލްތިމާސްކުރައްވައިފި
8،000 އަށް ވުރެ ގިނަ މައްސަލަ ނުނިމި އެބައޮތް!
ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި
ޖޭއެސްސީން ލަފާދޭން ނިންމީ ޣަނީ އައްޔަންކުރަން
ހައިކޯޓަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖަމީލާއި ޝަހީދު
ހައި ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް 17 ބޭފުޅުން