Roadha Mihaaru

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ދެ މެމްބަރެއްގެ ދައުރު ހަމަވާތީ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

24 ޖޫން 2025

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ދެ މެމްބަރެއްގެ ދައުރު ހަމަވާތީ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 9 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެޗްއާރްސީއެމްގެ ގާނޫނުގައި އޮންނަ ގޮތުން އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާ މީހަކީ އުމުރުން 25 އަހަރުވެފައިވާ ދިވެއްސަކަށް ވާންޖެހެ އެވެ. މީގެ އިތުރުން؛

- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން މިދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

- ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

- ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން

- ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން

- ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުންގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ އެވެ. އެ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ހެނދުނު 8:30 އިން މެންދުރު 12:00 އަށް ހުށަހެޅޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބަވާ ފަސް މެމްބަރުންނަކީ މަރިޔަމް މުނާ، މޫމިނާ ވަހީދު، އައިމިނަތު ޝިފާއަތު، ސަމާއު އަހުމަދު ނަޖީބު އަދި އިސްމާއިލް ހަބީބެވެ.