Roadha Mihaaru

އެޑިއުކޭޝަންގެ ސުޕްރިންޓެންޑެންޓަކަށް އިސްމާއިލް ސައުދުﷲ ހަމަޖައްސައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއެއްގެ ގޮތުން، އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަންގެ ސުޕްރިންޓެންޑެންޓަކަށް އިސްމާއިލް ސައުދުﷲ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ޖޫން 2025

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއެއްގެ ގޮތުން، އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސައިފި އެވެ.

ޏ. ފުވައްމުލަކަށް ނިސްބަތްވާ ސައުދުﷲ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި އެވެ. އަދި އެންމެ ފަހުން ހުންނެވީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މަގާމުގަ އެވެ.

ސުޕްރިންޓެންޑެންޓްގެ މަގާމަށް މީހަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޭނާ އެ މަގާމަށް އައްޔަން ކުރުމުން އެ ވަޒީފާއަށް ނިކުންވަން ފެއްޓެވީ މިއަދު ކަމަށެވެ.

އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަނު ކުރެއްވި އިސްމާއިލް ސައުދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---

އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަނު ކުރެއްވި އިސްމާއިލް ސައުދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---

އެ މަގާމުގެ އަސާސީ މުސާރައަކީ 19،278ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 11،041ރ. ލިބޭއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކު 299ރ. ލިބޭނެ އެވެ. އޭގެ އިތުރުން ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި 6،000ރ. ލިބޭނެ އެވެ.

ސުޕްރިންޓެންޑެންޓްގެ މަގާމަށް ސައުދުﷲ ހަމަޖައްސާފައިވާއިރު، ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނެއްގެ ގޮތުގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާކަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.