Roadha Mihaaru

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރު، އަނިޔާވި މީހާގެ ހާލު ސީރިއަސް

ހުޅުމާލޭގައި ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވުމުން މަޑުނުކޮށް ދިޔަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

20 ޖޫން 2025

ހުޅުމާލޭގައި ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވުމުން މަޑުނުކޮށް ދިޔަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލެ 1 ގެ ނިރުކޮޅުމަގުގައި މިދިޔަ ހޯމަ ދުވަހު ކަފިހި ހުރަހުން މީހަކު މަގު ހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހި އެކްސިޑެންޓްވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ 54 އަހަރުގެ ދިވެއްސަކަށެވެ. އެ ފިރިހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އެ އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ދިއުމުން ފުލުހުން ވަނީ ސައިކަލު ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އެއީ ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަ ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ފުލުހުން ބުނީ އެ ފިރިހެނަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.