ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މައްސަލަ ދިރާސާކުރަން މަޖިލިހުގެ އިމްތިޔާޒު ކޮމިޓީ އަށް ފޮނުވައިފި އެވެ.
18 ޖޫން 2025
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މައްސަލަ ދިރާސާކުރަން މަޖިލިހުގެ އިމްތިޔާޒު ކޮމިޓީ އަށް ފޮނުވައިފި އެވެ.
ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅޭ ރިޕޯޓެއް ހަދަން ބޭނުންވާތީ، އެ މަރުކަޒަށް ވަދެވަޑައިގަތުުގެ ހުއްދައަކަށް މެމްބަރު ކުޑޫ އެދިވަޑައިގަތީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް އެކަމުގެ ހުއްދައަށް އެދި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ކުޑޫ ފޮނުއްވި ސިޓީއަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
ކުޑޫ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވުމުން މައްސަލައަށް ބަހުސްކުރުމާ މެދު ވޯޓަށް އެހި އެވެ. އެ ވޯޓުގައި 55 މެންބަރުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވި އެވެ. މިއަދުގެ ޖަލްސާގައި މައްސަލައަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެއީ ރަނގަޅަށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ. މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން އޭނާ ހުށަހަޅުއްވި އެވެ.
މައްސަލަ ކޮމިޓީއަށް ފޮނުވަން މިއަދު ނެގި ވޯޓުގައި 63 މެންބަރުން އެކަމަށް ތާއިދު ކުރެއްވި އެވެ. މައްސަލައާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން މަޖިލީހުގެ މެންބަރަކު ސަރުކާރުގެ އޮފީހަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ޒިޔާރަތްކޮށްފި ނަމަ، އެ ތަންތަނުން އެ މެންބަރަކު އެދޭ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭން ވާނެ އެވެ. އަދި އެ މެންބަރަކު އެދޭ މައުލޫމާތު ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ އެވެ.
ކުޑޫ ވިދާޅުވެފައިވަނީ މިނިސްޓަރު ނާޒިމަށް ފޮނުއްވި ސިޓީއަށް ޖަވާބެއް ނުދެއްވުމުން، މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް ސިފަކުރެވޭ ކަމަށެވެ.
ގުރައިދޫ މަރުކަޒަށް ވަންނަން މެމްބަރަށް ހުއްދަ ނުދިން
ޕީއެސްއެމް ގާނޫނާ ހިލާފު ކަމަށް ބުނާ މައްސަލަ ބޭރު!
ތެރަޕީ ފީ ލަސްވާތީ ހުށަހެޅި މައްސަލަ ބަލައިނުގަތް
އިޒްރޭލް ޕާސްޕޯޓު ނިންމުން ޖުލައިގެ ނިޔަލަށް ފަސްކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
ވަޒީރުންނާކުރާ ސުވާލު ދިގުކުރަން އެމްޑީޕީން ހުށަހަޅައިފި
ފްލެޓު މައްސަލާގައި އެފްޑީސީގެ ވެރިން މަޖިލީހަށް ހާޒިރުކުރަނީ
ދަރިފުޅު މަރުވިޔަސް، ޗުއްޓީ ލިބޭގޮތް ހަދަން މަޖިލީހަށް
ވަންގަވް ފުޅާ ނުވާތީ ޓްރޭޑްނެޓް މަޖިލީހަށް ހާޒިރުކުރަނީ
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެގޮތް ހަދައިދޭން އެދިއްޖެ