ވިއްކާ މުދަލަށް ނުވަތަ ދޭ ހިދުމަތަކަށްވާ ފައިސާ ނުލިބެނީސް، ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްނުކޮށް ބޭރުކޮށްލައިފި އެވެ.
17 ޖޫން 2025
ވިއްކާ މުދަލަށް ނުވަތަ ދޭ ހިދުމަތަކަށްވާ ފައިސާ ނުލިބެނީސް، ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްނުކޮށް ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓަށް އެހުމުން 36 މެމްބަރަކު ވޯޓު ދެއްވީ ބަލައިނުގަތުމަށެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެމްބަރުންނާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ.
ކެޔޮދު ދާއިރާގެ އެމްޑީޕީގެ، މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެ ގަރާރުގައި ވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމްވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
އެ ގަރާރުގައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތު ކަމަށެވެ. އެގޮތަށް އޮތުމުގެ ސަބަބުން އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.
އެ ގަރާރުގައި ބުނީ މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރު ހިނގާ ކަމަކަށް ނުވާއިރު، އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.
ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އޭގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެ ތަންތަނަށް ހުށަހެޅިޔަސް، އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނާ ކަމަށެވެ. އަދި ފައިސާ ނުލިބިގެން ޓެކްސް ނުދައްކާ އޮތަސް އެ ވިޔަފާރިތަކަކީ ދައުލަތަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެއް ކަމަށް ދައުލަތުން ކަނޑައަޅާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ، ގަރާރުގައި ބުނެފައިވާ ގޮތުގައި، ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެކެވެ.
އޭގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެންނާތީ، މަޖިލީހުގައި އެ މައްސަލާގައި ބަހުސް ކުރަން ގަރާރުގައި ހުށަހަޅާފައިވެ އެވެ.
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ގަރާރެއް
ޒިންމާދާރުކަން ކުޑަކޮށް ފައިސާ ޗާޕު ނުކުރާނެ: ނާޒިމް
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް ރުހުންހޯދަން މަޖިލީހަށް
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމުގެ އުސޫލު ބަދަލުކުރަނީ
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން