އިރު އޮއްސުނު ވަގުތު ހުޅުމާލެއަށް ޖެހުނު ކޮޅިގަނޑެއްގައި ގެއްލުންތަކެއް ވެއްޖެ އެވެ.
15 ޖޫން 2025
އިރު އޮއްސުނު ވަގުތު ހުޅުމާލެއަށް ޖެހުނު ކޮޅިގަނޑެއްގައި ގެއްލުންތަކެއް ވެއްޖެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ އެވަގުތު ހުޅުމާލެއަށް 54 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް އެ ކޮޅިގަނޑުގެ ތެރޭގައި މުލުން ލުހިގެން ވަނީ ވެއްޓިފަ އެވެ. އަދި ނިރޮޅުމަގުގައި ހުރި ގަހެއްގެ ގޮފިގަނޑު ވީދައިގެން ގޮސް ވަނީ މަގުމައްޗަށް ވެއްޓުނެވެ.
ގަދަ ވައިގެ އަސަރު ވަރަށް ބޮޑަށް ކުރާ ހުޅުމާލެ 2 ގައި ވަނީ ޕާކުކޮށްފައި ހުރި ސައިކަލްތައް ވެސް ވަޔާ އެކު ވެއްޓިފަ އެވެ.
ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެސް ވެހުނެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ވައި މަޑުވެ ވާރޭ ވެސް ހުއްޓާލައި އާދައިގެ ހާލަތަށް މޫސުން ބަދަލުވެފަ އެވެ.
މިއަދު ރާއްޖޭގެ އެންމެ އުތުރަށް ވެސް މޫސުން ވަރަށް ގޯސްވި އެވެ. ހެނދުނު ހދ. ކުޅުދުއްފުއްޓަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއް ވެސް އެ ހިސާބުގެ އެއްވެސް އެއާޕޯޓަކަށް ނުޖެއްސި އެނބުރި މާލެއަށް ވެސް އަންނަން ޖެހުނެވެ.
މެޓުން ވަނީ މިރޭ ވެސް ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.
މިރޭ 9:00 އިން ދަންވަރު 3:00 އާ ހަމައަށް ނެރެފައިވާ އެލާޓުގައިވާ ގޮތުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވަހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އިއްޔެ އެންމެ ވައިބާރުވީ ހުޅުލެ އާއި ދަރަވަންދުއަށް
ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސް!
ކުރިއަށް އޮތީ ވިއްސާރަ ހަފުތާއެއް: މެޓް
މޫސުން ބަލާ އޮބްޒަވޭޓަރީއެއް މާފަރުގައި ހަދަނީ
އީދުގައި މޫސުން ގޯސްވާނެ ކަމަށް ލަފައެއްނުކުރެވޭ: މެޓް
ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވާނެ: މެޓް
މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިއްޖެ
އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް "ތައްޔާރު"
ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދަށް މޫސުން ގޯސް
މުޅި ރާއްޖެއަށް ވައިޓް އެލާޓް، ކަނޑުތައް ގަދަވާނެ!