Roadha Mihaaru

މުޅި ރާއްޖެއަށް ވައިޓް އެލާޓް، ވިއްސާރަވެ ކަނޑުތައް ގަދަވާނެ!

މުޅި ރާއްޖެ އަށް މިއަދު ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މުޅި ރާއްޖެއަށް ވައިޓް އެލާޓް، ކަނޑުތައް ގަދަވާނެ!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 މެއި 2025

މުޅި ރާއްޖެ އަށް މިއަދު ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައި ވަނީ އިއްޔެ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ވިއްސާރަ ކުރާނެ ކަމަށާއި އަދި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވިއްސާރަވެ، ކަނޑުތައް ގަދަވާނެތީ މެޓުން ވަނީ މުޅި ރާއްޖެއަށް މިއަދު މެންދުރު 1:15 އިން އިރުއޮއްސި 6:15 އަށް ވައިޓް އެލާޓް ނެރެފަ އެވެ.

ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުވައި މޫސުން ނިމި، މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހު އެވެ.