މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު، އޮންނާނީ ކޮރަޕްޝަން ތަޅުލާފައި ކަމަށާއި އެ އަމަލު ހިންގަން ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ރޭ ވިދާޅުވެއްޖެ އެވެ.
28 މެއި 2025
މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު، އޮންނާނީ ކޮރަޕްޝަން ތަޅުލާފައި ކަމަށާއި އެ އަމަލު ހިންގަން ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ޝާޑު ވިދާޅުވީ ކޮރަޕްޝަން ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އެހެންވެ، މި ސަރުކާރުގައި ކޮރަޕްޝަން ހިންގަން އޮތް ފުރުސަތު އެއްކޮށް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ޕާޓީގެ ލީޑާޝިޕް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީއެންސީ
ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސަރުކާރާއި ރައްޔިތުން ޖައްސައި، ފިތުނަފަސާދަ އުފެއްދުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ޝާޑު ވިދާޅުވި އެވެ.
"މި ސަރުކާރު އައުމާ އެކު ކޮރަޕްޝަން އޮންނާނީ ތަޅުލާފައި. ތަޅުލާފައި އޮންނާނީ. ލާހިކެއް ނޫން ހިންގަން. ނުހިންގޭނެ. ނުހިންގާ އެއްޗެއްގެ ވާހަކަ ނުދެއްކޭނެ. ކިހިނެއް ހިންގާނީ ކޮރަޕްޝަން، ހިންގޭނެ ފުރުސަތެއް ރައީސް ނުދެއްވާ،" ޝާޑު ވިދާޅުވި އެވެ.
"ކޮރަޕްޝަން މަނާކޮށްފައި އޮންނާނީ. މަޖިލީހުން އަޅުގަނޑުމެން އޮންނާނީ ކޮރަޕްޝަން ހުއްޓުވައިފައި، ތަޅުލާފައި. ތަޅުދަނޑި އޮންނާނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތްޕުޅުގައި."
ރައީސް މުއިއްޒު އިސްނަންގަވައި، ރައްޔިތުންނަށް ލުއިވާނެ ގޮތަށް މި ސަރުކާރުން ކޮށްދެމުން އަންނަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ނަފުތަރު އުފައްދަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ.
ފީއެންސީގެ ޖަގަހަ ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީއެންސީ
ޝާޑު ވިދާޅުވިގޮތުގައި މި ސަރުކާރު ފެށުނު ދުވަސްވަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް، ރައްޔިތުން ބަނޑަށް ޖެހެން އުޅެޔޭ ބުނާ އަޑުތައް ވެސް ވަރަށް ގަދަވި އެވެ. އެކަމަކު، ރައީސްގެ ދުރު ވިސްނުންފުޅާއި ކުރެއްވި މަސައްކަތްޕުޅުން ރައްޔިތުންނަށް މިހާރު އެ ބިރުވެރިކަން ނެތް ކަމަށް ޝާޑު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އައްޑުއަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ނުކުރެވޭނެ ކަމެއް ނޫން. ބުރިޖު ވެސް އަޅާނެ. އެއާޕޯޓު ވެސް އަޅާނެ. ސްޓޭޝަންތައް ވެސް އަޅާނެ. ރަންވޭ ވެސް އަޅާނެ. ފަޔާ ލޮރީތައް ވެސް ހުންނާނެ. އައިސްޕްލާންޓު ހުންނާނެ. މަސްފެކްޓަރީ ހުންނާނެ. ގޭދޮށުގައި ވެސް ހުންނާނެ. ކޮންމެ ގެެއެއްގައި ވެސް ބެހެއްޓިދާނެ. އެ ގާބިލުކަމާއި ހުނަރު ހުރި ވަޒީރުން މި ސަރުކާރުގައި ތިބީ،" ޝާޑު ވިދާޅުވި އެވެ.
އެމްޑީޕީގެ އެކްޓިވިސްޓު ދޮންކޮޅު ޕީއެންސީއަށް
ޕީއެންސީގެ މެމްބަރުންގެ އަދަދު ލައްކައަކާ ގާތަށް
"ވަގަށް މެމްބަރުން ވައްދަން ފޯމު ފުރަން ނުޖެހޭނެ"
ދެން ފެންނާނީ ޑިމޮކްރެސީގެ އާ ބާބެއް: ޕީއެންސީ
ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން އެސެޓްރިކަވަރީ ބިލެއް
ޕާޓީތައް އެކުވެރިވެ އެކުގައި މަސައްކަތް ކުރަން ދައުވަތު
ސިޓީ ކައުންސިލްގެ އިތުރު ތިން މެންބަރަކު ޕީއެންސީއަށް!
ޕީއެންސީގައި 40،000 މެމްބަރުން އެބަ ތިބި:އަދުރޭ
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސް މުއިއްޒު
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ: ރައީސް