Roadha Mihaaru
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސް މުއިއްޒު

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސް މުއިއްޒު ހަމަޖައްސަވައިފި

06 ޑިސެމްބަރ 2023

ޕީޕީއެމް ޕީއެންސީ ހިމެނޭ ކޯލިޝަންގެ ލީޑަރުގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމް ޕީއެންސީ ހިމެނޭ ކޯލިޝަންގެ ލީޑަރުގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ލީޑަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ދާދިފަހުން ވަނީ ވަކިވެ ވަޑައިގެންފަ އެވެ. އެހެންވެ، ކޯލިޝަންގެ ލީޑަރުގެ މަގާމު މިހާތަނަށް އޮތީ ހުސްކޮށެވެ.

ކޯލިޝަން ލީޑަރުގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުކުރީ މިރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް ޕީއެންސީއިން ބުންޏެވެ.

މިރޭ ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީން ޕާޓީން ވަކިވެ ވަޑައިގަތުމަށްފަހު މިހާރު ގެންދަވަނީ ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.