ޗެޕްޓަރު ނިމިއްޖެ ކަމަށް ބުނެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސައޫދީ އަރަބިއްޔާގެ އަލް ނަސްރު ދޫކޮށްލަން ނިންމާފައިވާކަމުގެ އިޝާރާތެއް ދީފި އެވެ.
ޗެޕްޓަރު ނިމިއްޖެ ކަމަށް ބުނެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސައޫދީ އަރަބިއްޔާގެ އަލް ނަސްރު ދޫކޮށްލަން ނިންމާފައިވާކަމުގެ އިޝާރާތެއް ދީފި އެވެ.
ނަސްރުއާ 2022 ވަނަ އަހަރު ގުޅުނު ފޯވާޑް އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ސީޒަން ނިމުމާ އެކު ވަނީ ހަމަވެފަ އެވެ. ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތަކެއް ވެސް ވަނީ ކޮށްފަ އެވެ.
ނަސްރުގެ ޖާޒީއެއްގައި ހުރި ފޮޓޯއަކާ އެކު، ރޮނާލްޑޯ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ " މި ޗެޕްޓަރު ނިމިއްޖެ" ކަމަށެވެ.
"އެކަމަކު މި ވާހަކަ؟ އަދިވެސް ލިޔަމުން އަންނަނީ. އެންމެންނަށް ޝުކުރުވެރިވަން،"
އެއީ ސީޒަން ނިމުމުން ޖެހި ޕޯސްޓެއް ކަމަށް ނުވަތަ އެ ޓީމު ދޫކޮށްލާތީ ދިން މެސެޖެއްކަމެއް ކަށަވަރެއް ނޫނެވެ.
ރޮނާލްޑޯ، 40، ވަނީ އޭނާ ކެރިއަރު ނިންމާލާނީ ނަސްރުގައި ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު އެ ޓީމާ އެކު އޭނާ އަށް ކާމިޔާބު ނުހޯދޭތީ ހިތްހަމަނުޖެހުން އެބައޮތެވެ.
ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ، އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ޓީމަކަށް ރޮނާލްޑޯ ގެންދިއުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރޮނާލްޑޯގެ ފަރާތުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އެހެންވިޔަސް، އޭނާ ގެންދަން ކްލަބް ވޯލްޑް ކަޕުގެ ބައެއް ޓީމުތަކުން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އޭގެ ތެރޭގައި ސައޫދީގެ އަލް ހިލާލް އާއި، މެކްސިކޯގެ މޮންޓެރޭ ހިމެނެ އެވެ. މީގެ ތެރެއިން މޮންޓެރޭ އަކީ ރޮނާލްޑޯއާ އެކު ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ސާޖިއޯ ރާމޯސް މިހާރު ކުޅޭ ޓީމެވެ.
ވޯލްޑް ކަޕުގެ ފޯމެޓަށް ފީފާ އިން އަލަށް ބާއްވާ ކްލަބް ވޯލްޑް ކަޕް މަގުބޫލުކުރުމަށް ފީފާ އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. މުބާރާތުގައި ޔޫރަޕުގެ ވަރުގަދަ ޓީމުތައް ކަމަށްވާ ރެއާލް މެޑްރިޑް، ބާސެލޯނާ، މެންޗެސްޓާ ސިޓީ، ޗެލްސީ، ބެޔާން މިއުނިކް، އަދި އިންޓަ މިލާން ވާދަކުރާނެ އެވެ. އަދި ލިއޮނަލް މެސީ ކުޅޭ އެމެރިކާގެ އިންޓަ މަޔާމީ ވެސް ވާދަކުރެ އެވެ.
އެކަމަކު ބައެއް މެޗުތަކުގެ ޓިކެޓު ވިކޭވަރު މަދުވުމުން ފީފާ އިން ދާދި ފަހުން ވަނީ ބައެއް ޓިކެޓު އަގުހެޔޮ ވެސް ކޮށްފަ އެވެ. ރޮނާލްޑޯ މުބާރާތުން ފެންނާނެ ގޮތް ހެދުމަކީ ވެސް އެކަމުގައި ފީފާ އިން ގެންގުޅޭ އުކުޅެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.
އުމުރުން 40 އަހަރުގައި ރޮނާލްޑޯ ނޭޝަންސް ލީގު އުފުލާލައިފި
ރޮނާލްޑޯގެ ގޯލުން ޖަރުމަން ބަލިކޮށް ޕޯޗުގަލް ފައިނަލަށް
ކްލަބް ވޯލްޑް ކަޕުން ރޮނާލްޑޯ ފެނިދާނެ: ފީފާގެ ރައީސް
ރޮނާލްޑޯ ނެތި އައް ނަސްރުން ރެކޯޑް މޮޅެއް ހޯދައިފި
ޕޯޗުގަލްގެ ޖޫނިއާ ޓީމަށް ރޮނާލްޑޯގެ ދަރިފުޅު ނަގައިފި
ނަސްރުގެ ޗެމްޕިއަންސް ލީގު ހުވަފެން މިއަހަރުވެސް ފެނަށް
ސެމީއަށް ގެންގޮސް ރޮނާލްޑޯ އާކުރީ ރެއާލުގެ ހަނދާން
ރޮނާލްޑޯ އާއެކު ތަފާތު ދައްކައި ނަސްރު ކުއާޓާ އަށް
ރޮނާލްޑޯއަށް 40، އަދިވެސް އެންމެ މަތީ ފޯމްގައި
ގްލޯބް ސޮކާ އެވޯޑް: ރޮނާލްޑޯއަށް ހައްގެއް ނޫން؟