Roadha Mihaaru

އުއްތަމަ ފަނޑިޔާރު މުއުތަސިމަކީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން: ނަޝީދު

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަކީ ނަޒާހަތްތެރިކަމާ މެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

"މުއުތަސިމްގެ ނަޒާހަތްތެރިކަމާ މެދު ސުވާލެއް ނުއުފެދޭ"

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަކީ ނަޒާހަތްތެރިކަމާ މެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

ނަޝީދު ތައުރީފު ބަންޑުންކޮށްލެއްވީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ އެކު ގުޅޭ ގޮތުން އެ މަނިކުފާނާ އުއްތަމަ ފަނޑިޔާރު މުއާމަލާތް ކުރެއްވި ކަމަށް ފެތުރެމުންދާ ޚަބަރަކާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވިގޮތުގައި "އަލިފުން ޔާ އަށް އޭގައި އެހަރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު" އެވެ.

"އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާ މެދު ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ ވެސް މި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ،" ނަޝީދު އޮފީހުން ނެރުނު ބަޔާނުގައި ވެ އެވެ.

ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ޖޭއެސްސީން ސަސްޕެންޑުކުރި މައްސަލާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ހިމޭނުން ހުންނެވުމުން އެކި ފަރާތްތަކުގެ ފާޑުކިޔުން އެ މަނިކުފާނަށް އަމާޒުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ އެ މަގާމުން ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހަޅުއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

މުއުތަސިމަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާ އެވެ.