މިފްކޯއަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.
27 މެއި 2025
މިފްކޯއަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.
މިފްކޯގެ 32 އަހަރުގެ ތާރީހުގައި އެ ކުންފުންޏަށް ގެނައި ފުރަތަމަ ބޭރުގެ ސީއީއޯ ވިޓަލީ މަގާމުން ވަކިކުރީ މިދިޔަ މާޗް މަހު އެވެ. އެއީ އޭނާ އެ މަގާމަށް އައްޔަންކުރިތާ ތިން މަސް ފަހުންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
މަގާމުން ވަކިކުރި މައްސަލައިގައި ވިޓަލީ ވަޒީފާއާ ބެހޭ ޓްރައިބިއުލަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރިއިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ނުދޭ ކަމަށެވެ.
އެހެންވެ، އޭނާ އެ މައްސަލައިގައި އެދިފައިވަނީ އޭނާ މަގާމުން ވަކިކުރީ ދޭން ޖެހޭ ނޯޓިސް ނުދީ ނުވަތަ ނޯޓިސްގެ ބަދަލުގައި ތިން މަހުގެ މުސާރަ ދިނުމެއް ނެތިކަން ކަނޑައަޅައިދިނުމަށެވެ. އަދި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު ނަގައިދިނުމަށެވެ.
ނަމަވެސް، މިފްކޯ އިން މިއީ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލައެއް ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ވަނީ ހުށަހަޅައިފަ އެވެ. ކުންފުނީގެ ގާނޫނުގެ ދަށުން އައްޔަންކުރާ މެނޭޖިން ޑިރެކްޓަރަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ވަޒީފާއެއްތޯ މިފްކޯއިން ސުވާލު އުފައްދާފައިވެ އެވެ. އަދި އެފަދަ ވަޒީފާއަކުން މީހަކު ވަކިކުރުމުން އެ މައްސަލައެއް ޓްރައިބިއުނަލަށް ބެލިދާނެކަމާ މެދު ވެސް ސުވާލު އުފެއްދި އެވެ.
އެކަމާ ގުޅޭ ގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނީ މިފްކޯއިން ވަނީ މިޓަލީއާ އެކު ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ވަޒީފާއާ ބެހޭ އެއްބަސްވުމެއް ހަދާފައި ކަމަށެވެ. އިސް މަގާމުތަކުގައި ތިބޭ މީހުން އިސްތިސްނާ ކުރެވޭ މާއްދާތަކެއް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކުރި ނަމަވެސް، ސީއީއޯ އާއި ކުންފުންޏާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް އޮންނަ ހާލަތުގައި އެ ފަރާތްތަކުގެ މައްޗަށް އިސްތިސްނާވާ މާއްދާތައް ނޫން ވަޒީފާއާ ބެހޭ ގާނޫނުގެ އެހެން މާއްދާތައް ހިންގޭނެ ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.
އެހެންވެ، ޓްރައިބިއުނަލުން ނިންމާފައިވަނީ މި މައްސަލައަކީ އެ ތަނުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއްގެ ގޮތުގަ އެވެ. އަދި ވިޓަލީ ހުށަހެޅި މައްސަލައަށް ޖަވާބުދާރީވުމަށް މިފްކޯގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
މީގެކުރިން މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފައިވެ އެވެ. ނަމަވެސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
ބްރޯޑްކޮމްއިން ޒީނިޔާ ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް
މިިފްކޯގެ ސީއީއޯގެ އެޑްވައިޒަރަކަށް އާތިފް
ވަކިވުމާ ހަމައަށް ސީއީއޯއަށް ވާނީ މުސާރަދީފައި: ބޭންކް
ޑިވެލޮޕްމެންޓް ބޭންކުން ވަކިވި ސީއީއޯ ޓްރައިބިއުނަލަށް
ކޭޑު އާއި ޝާފިއު މަގާމުން އިސްތިއުފާ ދެއްވައިފި
"މަސްދަޅުކޭސްތަކުގެ ހަދިޔާއަށް 79 މިލިއަން ދީފައިވޭ"
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހިކުމާ
އެއް ބިލިއަންގެ މަޝްރޫއުއެއް މިފްކޯއިން ފަށަނީ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު އައްޔަންކޮށްފި