Roadha Mihaaru

އެމެރިކާގައި އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު މަރާލައިފި

އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރެއްގެ ކައިރީގައި ބަޑިން ހަމަލާދީ އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު މަރާލައިފި އެވެ.

އެމެރިކާގައި އިޒްރޭލު އެމްބަސީގެ ދެ މީހަކު މަރާލައިފި

އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރެއްގެ ކައިރީގައި ބަޑިން ހަމަލާދީ އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު މަރާލައިފި އެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ވެރިޔާ ކްރިސްޓީ ނޯމް ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

"ވޮޝިންޓަންގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރު ކައިރީގައި މިރޭ ވަނީ އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު ރަހުމެއް ނެތް ގޮތުގައި މަރާލާފައި. މިކަމާ ގުޅޭ ގޮތުން ހާމަކުރެވޭނެ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް،" އޭނާ އެކްސްގައި ލިޔުއްވާފައިވެ އެވެ.

މި ދެ މުވައްޒަފުން މަރާލީ ކެޕިޓަލް ޖުވިޝް މިއުޒިއަމް ކައިރިން މަގުމަތިން ދަނިކޮށް ދިން ބަޑީގެ ހަމަލާތަކެއްގަ އެވެ. އިޒްރޭލުގެ ވެރިން ވަނީ މިއީ ޔަހޫދީންނާ ދެކޮޅު ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

ވޮޝިންޓަންގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ހަމަލާ ދިން މީހާ މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

އޮފިޝަލުން ވިދާޅުވީ އަންހެނަކާއި ފިރިހެނަކަށް ބަޑިން ހަމަލާދިނީ މިއުޒިއަމް ބޭރުގައި ހުރި މީހަކު ވަރަށް ބާރަށް އެ މީހުންނާ ދިމާލަށް ދަމުން "ފްރީ ޕަލެސްތީން" ގޮވަމުން ގޮސް ކަމަށެވެ.

އިޒްރޭލުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޑެނީ ޑެނޮން ވަނީ މިއީ ޔަހޫދީންނާ ދެކޮޅު ޓެރަރިޒަމްގެ އަމަލެއް ކަމަށާއި ޑިޕްލޮމެޓުންނާއި ޔަހޫދީ ކޮމިއުނިޓީއަށް ނުރައްކާކުރަން ފެށުމަކީ "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ބުނެފަ އެވެ.