ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރަށު ބަންދު ފިލުވިޔަސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީ އަށް އޮތް ބޮޑު ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
20 މެއި 2025
ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރަށު ބަންދު ފިލުވިޔަސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީ އަށް އޮތް ބޮޑު ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މ. މުލީގައި ބޮޑު ހަރަދެއް ކޮށްގެން ހެދި އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވާފައި ވަނިކޮށް، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި، އާއްމުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެކަމަކު، ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ހދ. ކުޅުދުއްފުށީ އެއާޕޯޓަކީ ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވައިފަ އެވެ.
Dhathurufathuruge nizaamakun Raajjeyge rahthah gulhaalaa, Rayyithun rashu bandhun filuvumakee konmehen beynuntheri kameh. Ehenas Raajjeyge konme rashehgai airporteh elhumakee Raajjeyge tharaggee ah oiy nuhanu bodu huraheh. Kulhudhuffushi airport akee ves varah dherakoh kurevifai…
— Mohamed Nasheed (@MohamedNasheed) May 20, 2025
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލުގެ މަގާމުގައި ހުންނެވި ނަޝީދު އެ އިޝާރަތްކުރެއްވީ ކުޅި ހިއްކައިގެން އެއާޕޯޓު އެޅި މައްސަލައަށެވެ.
ޔާމީންގެ ވެރިކަމުގައި، ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު އަޅަން ނިންމުމުން އެކަމާ ދެކޮޅަށް ކެމްޕެއިން ފަށައި ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކަށް ކުރިއެރުމެއް ނުލިބި، ކުޅީގެ ބޮޑު ބައެއް ހިއްކައި މީގެ ހަ އަހަރު ކުރިން ވަނީ ޝެޑިއުލް ދަތުރުތައް ފަށައިފަ އެވެ.
ނަޝީދު ވިދާޅުވީ ތިނަދޫގައި އެއާޕޯޓެއް އެޅުން ވެސް ވާނީ ގޯހަކަށް ކަމަށެވެ.
"ފައިނުގައި ވެސް އެއާޕޯޓެއް އެޅުން ރަނގަޅެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަދު ރަސްމީކޮށް ހުޅުވި މުލީ އެއާޕޯޓުގެ މަސައްކަތް 2021 ގައި އެމްޓީސީސީއާ ހަވާލު ކޮށްގެން ފެށީ ކުރީގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް އެންމެ ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ކޮންސްޓްރަކްޝަން މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏަކާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކުރި އެވެ. އެކަމަކު، އެ މަޝްރޫއު ހުއްޓާލައި ސަރުކާރުން ވަނީ ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅުވާލައި، އެ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ނިންމައިފަ އެވެ.
ފައިނުގައި އެއާޕޯޓެއް އަޅަން ފުރަތަމަ މަސައްކަތް ފެއްޓެވީ ޔާމީންގެ ވެރިކަމުގަ އެވެ. އެ މަޝްރޫއާ ގުޅޭގޮތުން ފާޅުކުރި ކަންބޮޑުވުންތަކާ ހެދި ދެން އައި އެމްޑީޕީގެ ސަރުކާރުން ނިންމީ އެ ރަށުގައި އެއާޕޯޓު ނާޅާށެވެ. އެކަމަކު، މި ސަރުކާރުން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަން އަލުން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ނަޝީދުގެ އާދޭސް: އެއާޕޯޓު އެޅުމުގެ ވާހަކަ ނުދައްކާ!
ނަޝީދުގެ ސިޔާސަތާ ހެދި އުޅެނީ ސަމާތް ނުވެވިގެން
މި އަހަރު ހަތަރު އެއާޕޯޓެއް ހުޅުވަނީ
އިތުރު ފަސް އެއާޕޯޓަކަށް މިއަހަރު ދަތުރުތައް ފަށާނެ
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް
ހަނިމާދޫ އެއާޕޯޓް ތަރައްގީއެއް ނެތި އެގޮތަށް!
ޓޫރިޒަމް ފުޅާކުރަން ރަށްރަށުގެ އެއާޕޯޓް ބޭނުންކުރަންޖެހޭ
އެއާޕޯޓުތަކުގެ މަސައްކަތް ލަސްވަނީ ލޯނު ހަމަނުޖެހިގެން
ސަރުކާރުން ދެއްކީ ހުއްދަ ނެތި އެއްވެވޭނެ ތަަންތަން
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ