Roadha Mihaaru

ފައްޔާޒުގެ ކަންބޮޑުވުމާ ގުޅިގެން، ސަރުކާރުން ދެއްކީ ހުއްދަ ނެތި އެއްވެވޭނެ ތަންތަން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދެއްކި ކަމަށް ވިދާޅުވެ، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޅުކުރެއްވި ކަންބޮޑުވުންތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.

ސަރުކާރުން ދެއްކީ ހުއްދަ ނެތި އެއްވެވޭނެ ތަަންތަން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދެއްކި ކަމަށް ވިދާޅުވެ، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޅުކުރެއްވި ކަންބޮޑުވުންތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ، ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށާއި ޕާޓީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ތަނެއް ހަމަޖެއްސުމުގެ ކަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.

އެހެންވެ، އޭނާ ވިދާޅުވީ ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށެވެ. އެހެންވެ، އެ ހާލަތުގައި ހޯމަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެ ސަރަހައްދަށް އެމްޑީޕީގެ މެމްބަރުން ދިއުމަށް ފައްޔާޒު "އެކްސް" ގައި ދައުވަތު ދެއްވި އެވެ.

އޭނާގެ އެ ދައުވަތާ އެކު، ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެއްކެވީ ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް މި ސަރުކާރުން ފަހުން ކަނޑައެޅި ތަންތަނެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މީގެ ކުރިން އެއްވުން ބޭއްވެނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ވިޔަސް މިދިޔަ މޭ ދެ ވަނަ ދުވަހުން ފެށިގެން ހޯމް މިނިސްޓްރީން ވަނީ އިތުރު ތިން ތަނެއް ކަނޑައަޅައިފަ އެވެ. އެއީ ރަސްފަންނު ސަރަހައްދާއި މާލޭގެ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖު ސަރަަހައްދު އަދި އުސްފަސްގަނޑެވެ.

އެ ތަންތަން ފާހަގަކޮށް، ހީނާ ވިދާޅުވީ ފުރިހަމަ ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

"އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޜޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ،" ސަރުކާރުގެ ތަރުޖަމާނު ހީނާގެ "އެކްސް" ޕޯސްޓުގައި ވެ އެވެ.

އެމްޑީޕީގެ އަހަރީ ދުވަހަކީ މި މަހުގެ 26 ވަނަ ދުވަސް ކަމަށް ވާއިރު، ކުރީގެ ރައީސް އަދި އެ ޕާޓީގެ ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ އަރައިރުންގަނޑުތަކުގެ ތެރޭގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔަން އެ ޕާޓީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ،