ގާތްގަނޑަކަށް 25 އަހަރަށް ފަހު، ކުޅުން ހުއްޓާލަން ސްޕެއިނުގެ ލެޖެންޑަރީ ގޯލްކީޕަރު ޕެޕޭ ރެއިނާ ނިންމައިފި އެވެ.
20 މެއި 2025
ގާތްގަނޑަކަށް 25 އަހަރަށް ފަހު، ކުޅުން ހުއްޓާލަން ސްޕެއިނުގެ ލެޖެންޑަރީ ގޯލްކީޕަރު ޕެޕޭ ރެއިނާ ނިންމައިފި އެވެ.
އިޓަލީ ސެރީއާގެ ކްލަބް، ކޯމޯގެ މިހާރުގެ ކީޕަރު ރެއިނާ އިއްޔެ ދިން އިންޓަވިއުގައި ބުނީ އަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗަކީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާގެ ފަހު މެޗު ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ކޯމޯއިން ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.
މިހާރު އުމުރުން 42 އަހަރުގެ ކީޕަރު ބުނީ މިދިޔަ ޖެނުއަރީ މަހު ކުޅުން ހުއްޓާލަން އޭނާ ވިސްނި ކަމަށެވެ.
"އެކަމަކު އަހަރެންގެ އަންހެނުންނާ ވެސް ވާހަކަ ދެއްކުމަށް ފަހު އަހަރެމެން ނިންމީ އެކުގައި އިތުރު މުއްދަތަކަށް ކުރިއަށްދާން،" މުވިސްޓާ އަށް ދިން އިންޓަވިއުގައި ލެޖެންޑަރީ ކީޕަރު ބުންޏެވެ.
އޭނާގެ ކެރިއަރު 2000 ވަނަ އަހަރު ފެށީ ބާސެލޯނާއިންނެވެ. އޭގެ ފަހުން ވިޔަރެއާލް އާއި ލިވަޕޫލް، ބެޔާން މިޔުނިކް، ނަޕޯލީ، އޭސީ މިލާން އަދި ލާޒިއޯ އަށް ވެސް އޭނާ ކުޅެފައިވެ އެވެ.
އޭނާ ބުނީ ކުޅުން ހުއްޓާލުމަށް ފަހު އޭނާ ފެންނާނީ ކޯޗެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އޭނާގެ އަތުގައި ހެޑް ކޯޗަކަށް ވުމަށް ޝަރުތު ހަމަވާ ލައިސެންސެއް ނެތެވެ.
"ގޯލްކީޕިން ކޯޗަކަށް ވާކަށް ބޭނުމެއް ނޫން. އަހަރެން މަސައްކަތް ކުރަން ބޭނުން ވަނީ ހެޑް ކޯޗެއްގެ ގޮތުގައި،" ރެއިނާ ބުންޏެވެ.
ރެއިނާ އަކީ ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅުނު ކީޕަރެކެވެ. އެކަމަކު އޭރު ސްޕެއިނުގައި އިކާ ކަސިޔަސް ހުރުުމުން ރެއިނާ އަށް މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އޭނާ ވަނީ ސްޕެއިނުން 2010 ގެ ވޯލްޑް ކަޕާއި 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި ސްކޮޑުގައި ހިމެނިފަ އެވެ.
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު
އެފްއޭގެ މެންބަރުކަން ދޭ އުސޫލު ގަވާއިދުގައި ހިމަނަނީ
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
ފީފާއިން ހޭދަކުރި 50 މިލިއަން ޑޮލަރު ފެނަށް
އޭ ލައިސެންސް ނުލިބެނީ އެފްއޭގެ މައްސަލައަކުން: ސޮބާ
ސްމޯލީގެ ޑިމާންޑް: އެފްއޭ އަތުން އެއް މިލިއަން ޑޮލަރު
އެފްއޭއެމްގެ ކޮންގްރެސް އަސާސީ ގަވައިދާ ހިލާފު: ޝާހް
އުނދަގޫ ވަގުތު ސުޒޭން ކުރި ހިދުމަތަށް ޝުކުރު
މާފަށް އެދެމުން ސުޒޭން ގައުމީ ޓީމާ ދުރަށް
ކްލަބްތަކުގެ ވެރިންގެ މައްސަލަ ވެސް ތަހުގީގު ކުރަނީ