Roadha Mihaaru

ފަލަސްތީނުގެ 1000 މީހަކަށް ސައޫދީ ރަސްގެފާނުގެ ހައްޖު ދަތުރު

ފަލަސްތީނުގައި ޝަހީދުވެފައިވާ މީހުންނާއި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންގެ އާއިލާތަކާއި ހަމަލާތަކުގައި ޒަހަމްވި 1،000 މީހަކަށް މީހުންނަށް ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން އަންގަވައިފި އެވެ.

ފަލަސްތީނު 1000 މީހަކަށް ރަސްގެފާނުގެ ހައްޖު ދަތުރު

ފަލަސްތީނުގައި ޝަހީދުވެފައިވާ މީހުންނާއި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންގެ އާއިލާތަކާއި ހަމަލާތަކުގައި ޒަހަމްވި 1،000 މީހަކަށް މީހުންނަށް ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން އަންގަވައިފި އެވެ.

މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސް އަދި މި ޕްރޮގްރާމްގެ ޖެނެރަލް ސުޕަވައިޒަ ޝައިހް އަބްދުލްއާތިފް އަލްޝައިހް ވަނީ ރަސްގެފާނު ސަލްމާނާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ މި ދީލަތި ނިންމެވުމަށް ޝުކުރު އަދާކުރައްވާފައި ކަމަށް ސައޫދީ ގެޒެޓްގައި ބުނެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމުން ދައްކުވައިދެނީ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވެ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސައުދީން ދޭ އަހަންމިއްޔަތުކަމެވެ.

މިއީ ފަލަސްތީނު ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމަށް ސައޫދީން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ހައްޖާޖީން މައްކާ އާއި މަދީނާގައި ތިބޭ ދުވަސްތަކުގައި ފުރިހަމަ އިންޓަގްރޭޓެޑް ނިޒާމެއްގެ ތެރެއިން އެ، މީހުންގެ އަމިއްލަ ގައުމުން ނުކުންނަ ހިސާބުން ފެށިގެން، އެނބުރި ދާންދެން، ހުރިހާ ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ޕްލޭނެއް ރާވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރަސްގެފާނުގެ ހަރަދުގައި އެކި ގައުމުތަކުން މީހުންނަށް ހައްޖުގެ އަޅުކަމުގެ ފުރުސަތު 1417 ވަނަ އަހަރު ފެށި ފަހުން މިހާތަނަށް އެކި ގައުމުތަކުން 64،000 އަށް ވުރެ ގިނަ މީހުން އެ ފުރުސަތުގައި ހައްޖުވެފައިވާކަމަށް ސައޫދީގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.