Roadha Mihaaru
ރަސްގެފާނު އިސްނަންގަވައި ގާޒާއަށް އެހީވާން ފަންޑެއް

ކިންގް ސަލްމާން އިސްނަންގަވައި ގާޒާ އަށް އެހީވާން ބޮޑު ފަންޑެއް ހުޅުވައިފި

03 ނޮވެމްބަރ 2023

ރިޔާދް (ނޮވެމްބަރު 3) - ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އިސްނަންގަވައިގެން ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ބޮޑު ފަންޑެއް ހުޅުވައިފި އެވެ.

ރިޔާދް (ނޮވެމްބަރު 3) - ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އިސްނަންގަވައިގެން ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ބޮޑު ފަންޑެއް ހުޅުވައިފި އެވެ.

ކިންގް ސަލްމާން ސެންޓާ ފޯ ރިލީފް އެންޑް ހިއުމެނިޓޭރިއަން އެކްޝަންގެ ދަށުން ހިންގާ "ސަހެމް" ޕްލެޓްފޯމް މެދުވެރިކޮށް، ގާޒާ އަށް އެހީވުމަށް އާންމުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ހުޅުވާލި ފަންޑު ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ސަލްމާން ރަސްގެފާނާއި ދަރިކަލުން އަދި ޕްރިންސް މުހައްމަދު ބިން ސަލްމާން އެ ފަންޑަށް ބޮޑު އަދަދެއް ހަދިޔާ ކުރެއްވި ކަމަށް އެ ސެންޓަރުން ބުންޏެވެ.

ކިންގް ސަލްމާން ސެންޓަރުގެ ސުޕަވައިޒަރު އަބްދުالله އަލް ރަބީއ ވިދާޅުވީ މި ކެމްޕޭން ފެއްޓެވުމުގެ ގޮތުން ސަލްމާން ރަސްގެފާނު ވަނީ 30 މިލިއަން ސައުދީ ރިޔާލް އަދި މުހައްމަދު ވަނީ 20 މިލިއަން ސައުދީ ރިޔާލް (ޖުމްލަ 13 މިލިއަން ޑޮލަރު) ހަދިޔާ ކުރައްވާފައިވާ ކަމަށެވެ.

އިއްޔެ ހުޅުވާލި ފަންޑަށް އިއްޔެ ޖީއެމްޓީ ގަޑިން ހެނދުނު 11:20 އާ ހަމައަށް 30،000 ޑޯނަރުން ރަޖިސްޓްރީކޮށްފައިވާކަމަށް ސައުދީގެ އިދާރާތަކުން ބުޏްޏެވެ. އަދި އެހާހިސާބަށް 56 މިލިއަން ސައޫދީ ރިޔާލް (15 މިލިއަން ޑޮލަރު) ފަންޑަށް ޖަމާވެފައިވާކަން ސައުދީގެ މީޑިއާތަކުން ވެސް ބުންނެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެހީދޭ ގައުމުތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި އޮތީ ސައުދީ،" އަބްދުالله އަލް ރަބީއު ވިދާޅުވި އެވެ.