Roadha Mihaaru
"މަދު ބަޔަކާއެކު ހައްޖު އިންތިޒާމް ކުރަން މާއުނދަގޫ"

މަދު ބަޔަކާ އެކު ހައްޖުގެ އިންތިޒާމް ހަމަޖައްސަން މާއުނދަގޫ: ރަސްގެފާން

01 އޯގަސްޓް 2020

ރިޔާޒް (އޮގަސްޓް 1) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިކުރީ މަދު ބައެއް ނަމަވެސް އެ މީހުންގެ އިންތިޒާމްތައް ހަމަޖައްސަން ކުރަން ޖެހުނު މަސައްކަތް ދެ ގުނަ އިތުރުވި ކަމަށް ސައުދީ ރަސްގެފާން ސަލްމާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮގަސްޓް 1) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިކުރީ މަދު ބައެއް ނަމަވެސް އެ މީހުންގެ އިންތިޒާމްތައް ހަމަޖައްސަން ކުރަން ޖެހުނު މަސައްކަތް ދެ ގުނަ އިތުރުވި ކަމަށް ސައުދީ ރަސްގެފާން ސަލްމާން ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް އުޅޭތީ ސައުދީން މި އަހަރު ހައްޖުގެ ފުރުސަަތު ދީފައި ވަނީ މަދު ބަޔަކަށެވެ. ކުރީ އަހަރުތަކުގައި މިލިއަނުން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވި ނަމަވެސް ބުނެވޭ ގޮތުގައި ސައުދީން މި ފަހަރު ފުރުސަތު ދިނީ އެންމެ 1،000 މީހުންނަށެވެ. އެއީ މުޅިން ވެސް ސައުދީގައި އުޅޭ މީހުންނެވެ. އޭގެ ތެރޭގައި ސައުދީގައި އުޅޭ އެކި ގައުމުތަކުގެ މީހުން ހިމެނެ އެވެ. އެ މީހުން ހޮވާފައި ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. ހައްޖަށް ހޮވުނު އެންމެންގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ސައުދީ ސަރުކާރުންނެވެ.

ގޯލް ބްލެޑާގެ އޮޕަރޭޝަނަށް ފަހު ރަސްގެފާން ސަލްމާން އިއްޔެ ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ގޯލް ބްލެޑާގެ އޮޕަރޭޝަނަށް ފަހު ރަސްގެފާން ސަލްމާން އިއްޔެ ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

"ހައްޖުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރަން ޖެހުނީ މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން. އެކަމަކު ހައްޖުގެ އިންތިޒާމް ހަމަޖައްސަން ތަފާތު އެޖެންސީތަކުން ކުރަން ޖެހުނު މަސައްކަތް ދެ ގުނަ އިތުރުވި،" ގޯލް ބްލެޑާ އޮޕަރޭޝަނަކަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލި އުމުރުން 84 އަހަރުގެ ރަސްގެފާން ވިދާޅުވި އެވެ.

ރަސްގެފާން ވިދާޅުވީ ހައްޖުގެ އަޅުކަން ކުރިއަށް ދިޔަ އިރު ކަމާބެހޭ ފަރާތްތަކުން އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ހައްޖުވެރިންގެ ސިއްހީ ކަންކަމަށް ކަމަށެވެ.

ހައްޖުގެ ހުރިހާ އިންތިޒާމެއް މި ފަހަރު ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެވެ. ހުރިހާ ހައްޖާޖީންގެ ހުން ބެލުމަށް ފަހު އެންމެން ވެސް ހުރިހާ ވަގުތެއްގައި އުޅެން ޖެހޭނީ މާސްކް އަޅައިގެން، ގައިދުރުކޮށެވެ. ޖަމްރާ އަށް އުކަން ހައްޖުވެރިންނަށް ދީފައި ވަނީ ޕެކެޓްކޮށްފައިވާ ސެނިޓައިޒްކޮށްފައިވާ ހިލަ އެވެ.

ސައުދީގެ ހެލްތު މިނިސްޓްރީން ބުނީ ހުކުރު ދުވަހުގެ ނިޔަލަށް، އެއްވެސް ހައްޖުވެރިއެއްގެ ކިބައިން ކޮރޯނާވައިރަހުގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.