01 އޯގަސްޓް 2017
ރިޔާޒް (އޮގަސްޓް 1) - މިސްރު ސިފައިންނާއި ފުލުހުންގެ ތެރޭން މަރުވި މީހުންގެ 1،000 އާއިލާ އަށް ސައުދީ ރަސްގެފާން ސަލްމާން ބިލް އަބްދުލް އަޒީޒް ހައްޖު ދަތުރު ދެއްވައިފި އެވެ.
ރިޔާޒް (އޮގަސްޓް 1) - މިސްރު ސިފައިންނާއި ފުލުހުންގެ ތެރޭން މަރުވި މީހުންގެ 1،000 އާއިލާ އަށް ސައުދީ ރަސްގެފާން ސަލްމާން ބިލް އަބްދުލް އަޒީޒް ހައްޖު ދަތުރު ދެއްވައިފި އެވެ.
ގާހިރާގައި ހުންނަ ސައުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ސަފީރު އަހުމަދު ބިން އަބްދުލް އަޒީޒް ގައްތާން ވިދާޅުވީ މިއީ ގައުމާއި ރައްޔިތުން ދިފާއު ކުރުމުގައި ދުނިޔެ ދޫކުރި ސަލާމަތީ ބާރުތަކުގެ މީހުންގެ އާއިލާތަކަށް ސަލްމާން ރަސްގެފާން ދެއްވާ ހަދިޔާއެއް ކަމަށެވެ. ޕޭން އަރަބި ޕާލަމެންޓުގެ ރައީސް ޑރ. މީޝަލް ބިން ފަހުމް އަލް ސަލާމީ ވަނީ ގައުމަށްޓަކައި ދުނިޔެ ދޫކުރި މީހުންގެ އާއިލާތަކާ މެދު ސައުދީ ރަސްގެފާނުގެ ހިތްޕުޅުގައި އެހާބޮޑު ލޯތްބެއް އުފެދިފައިވާތީ ރަސްގެފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސައުދީ ރަސްގެފާން ސަލްމާން ވަނީ ފަލަސްތީނުން ޝަހީދުވި މީހުންގެ އާއިލާތަކުން 1،000 މީހަކަށް ވެސް ހައްޖަށް ދިއުމުގެ އިންތިޒާމް މިދިޔަ އަހަރު ހަމަޖައްސައި ދެއްވައިފަ އެވެ. ފަލަސްތީނު މީހުން ހައްޖަށް ގެންދިޔައީ ރަސްގެފާން ސަލްމާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގަ އެވެ. މީގެ އިތުރުން ރަސްގެފާން ސަލްމާންގެ ދައުވަތަށް މިދިޔަ އަހަރު ވަނީ 60 ގައުމެއްގެ 1،400 މީހުންނަށް ހައްޖު ދަތުރު ހަމަޖައްސައިދީފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ހައްޖާއި އުމްރާ އަށް ގެންދިއުމަށް ރަސްގެފާން ސަލްމާން ވަނީ ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައްވައިފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ސުޕަވައިޒް ކުރަނީ ސައުދީގެ ހައްޖު މިނިސްޓްރީންނެވެ. މި ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ބަޔަކު ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ހައްޖާއި އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވެ އެވެ.
ސައުދީ ރަސްގެފާނު ދެއްވާ ހައްޖުވުމުގެ 1،000 ފުރުސަތު ފަލަސްތީނަށް
ރަސްގެފާނަށް ދިވެހިން ވަރަށް ހާއްސަ: ސައޫދީ ސަފީރު
"މަދު ބަޔަކާއެކު ހައްޖު އިންތިޒާމް ކުރަން މާއުނދަގޫ"
ވީޑިއޯ މެސެޖަކާ އެކު ހައްޖަށްދާން ރަސްގެފާނުގެ ދައުވަތު
ރަސްގެފާނުގެ ހައްޖު ދަތުރު މިފަހަރު ނިއު ޒީލެންޑަށް
ސަލްމާންގެ ޚަރަދުގައި މިސްރުގެ 1000 މީހުން ހައްޖަށް
ރަސްގެފާނުގެ ޚަރަދުގައި ފަލަސްތީނުގެ 1000 މީހުން ހައްޖަށް
މިސްރުގެ ދެ ރަށް ސައޫދީ އަށް ދޫކޮށްލައިފި
ސިޔާސީ ކަންކަމާއި ހައްޖާ ނުގުޅުވޭނެ: ސައުދީ ރަސްގެފާނު
ދިވެހި ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި